Advertisement

އެމެރިކާ ސަފީރު ރާއްޖެ ދޫކޮށް އެހެން ވަޒީފާއަކަށް ދަނީ

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހޫގޯ ޔޮން ރާއްޖެ ދޫކޮށް އެހެން ވަޒީފާއަކަށް ދިޔުމަށް ނިންމައިފި އެވެ.

ހަވާސާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޮން ވަނީ އޭނާ ރާއްޖެ ދޫކޮށް ދިޔުމަށް ނިންމާފައިވާކަން ބައެއް ފަރާތްތަކަށް އަންގަން ފަށާފަ އެވެ.

Advertisement

ޔޮން ދަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް މަގާމެއް ފުރުމަށެވެ. މީގެ ކުރިން ވެސް އޭނާ ވަނީ އެމެރިކާ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.

އެމެރިކާއާއެކު 1966 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި ފަހުން، ރާއްޖެއަށް ހާއްސަ އެމްބަސަޑަރެއް ހަމަޖެއްސީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ސެޕްޓެމްބަރު، 2023، ގަ އެވެ. އެމްބެސަޑަރަކަށް ހަމަޖެއްސީ ހޫގޯ ޔޮން އެވެ.

އެމެރިކާގެ އެމްބަސީ ހިންގަމުން އަންނަނީ ހުޅުމާލޭގައި ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެކަމަކު، އެމްބަސީއަށް ހާއްސަ ބިމެއް ހަމަ ހުޅުމާލެއިން ވަނީ ހަމަޖައްސައިދީފަ އެވެ. އެ ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް