Advertisement

ކްރިމިނަލް ކޯޓުގެ ގާޒީކަމުން ފާއިޒް ވަކިކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީކަމުން ހުސައިން ފާއިޒް ރަޝާދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ، މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް ފާއިޒު އަމަލުކޮށްފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ.

Advertisement

ފާއިޒާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ކުރިން ތުހުމަތުކުރެވިފައިވަނިކޮށް ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ދޫކޮށްލި މައްސަލައެވެ.

އެހެންވެ، ފަނޑިޔާރުކަމުން ގާޒީ ފާއިޒް ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެ ކޮމިޝަނުން އޮތީ ނިންމައިފައެވެ.

ފާއިޒް ކްރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓުދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ އިއްޔެ ދިރާސާކޮށް، ނިންމީ ފާއިޒް ގާޒީކަމުން ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެންވެ ކޮމިޓީގެ އިއްތިފާގުން ނިންމީ ފާއިޒް ވަކިކުރުމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ފާއިޒް ގާޒީކަމުން ވަކިކުރަން މިއަދު ނިންމިއިރު، އޭނާ ހުންނެވީ 60 ދުވަހުގެ ސަސްޕެންޝަނެއްގައެވެ.

މީގެ ކުރިން ވެސް ގާޒީ ފާއިޒު މައްސަލައަކާ ގުޅިގެން ސަސްޕެންޑުކުރިއެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައެއްގައެވެ.

އެ މައްސަލައިގައި ނޮވެންބަރު ހަތަރެއް، 2021 ގައި ފާއިޒް ސަސްޕެންޑުކުރީ 60 ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު، އެ އަހަރުގެ ޑިސެންބަރު 26ގައި ޖޭއެސްސީން ވަނީ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ގާޒީ ފާއިޒުގެ އަޑު ދިމާނުވާތީ ސަސްޕެންޝަން އުވާލާފައެވެ.

ހުސައިން ފާއިޒު ރަޝާދު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހެވެ. އޭގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމުގައެވެ. ސިވިލް ކޯޓަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސްކަމުގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް