Advertisement

ފާހިޝް އަމަލުތައް އެންމެ ބޮޑަށް ފަތުރަނީ ސޯޝަލްމީޑިއާ: ހުތުބާ

ފާޙިޝް އަމަލުތައް މިހާރު އެންމެ ބޮޑަށް ފަތުރަނީ ސޯޝަލް މީޑިއާގައި ކަމަށް ބުނެ، އެ ފަދަ އަމަލުތައް ފެތުރުން ހުއްޓުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދު ހުކުރު ޚުތުބާ ދީފައިވަނީ، ފާޙިޝް އަމަލުތަކާ ދުރުހެލިވުމުގެ މައްޗަށެވެ.

Advertisement

ޚުތުބާގައި ވަނީ ފާޙިޝް ކަންތައްތަކާ ދުރުވުމަށް ﷲ މުސްލިމުންގެ މައްޗަށް އަމުރުކޮށްފައިވާކަން ހަނދާންކޮށްދީފައެވެ. އެ ފަދަ އަމަލުތައް ފެތުރުމާއި އެ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހާ ކަމެއް އިސްލާމްދީނުގައި ހަރާމްކޮށްފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ.

އެގޮތުން، ޒިނޭ ހަރާމްކުރުމުގެ ކުރިން އެ ކަމަށް މަގުފަހިކޮށްދޭ ބެލުންތަކުން ދުރުވުމަށް މުސްލިމުންގެ މައްޗަށް ﷲ އަމުރުކުރައްވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ސޯޝަލްމީޑިއާގެ އެކި މަންސަތައް: ފާހިޝް އަމަލުތައް އެންމެ ބޮޑަށް ފަތުރަނީ ސޯޝަލްމީޑީއާގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައި — ފޮޓޯ: ޕީއޭ

އެ ކަން ބަޔާންކޮށް، މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “މުއުމިން ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!”

ޚުތުބާގައި ބުނީ، ފާހިޝް އަމަލުތައް ފެތުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސޯޝަލްމީޑިއާ ނުވަތަ މީސްމީޑިއާގެ ވަސީލަތްތައް ކަމަށެވެ. އޭގެ ތެރޭގައި، ނޫސްތަކާއި ޓީވީތަކާއި ރޭޑިއޯތަކާއި އެކިއެކި މަންސަތައް ހިމެނެއެވެ.

އެ އަމަލު ފެތުރުން މިހާރު އާންމުވެފައި އޮތް މިންވަރަށް ވެސް ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. މިގޮތުން، އެއްވެސް ލަދެއްނެތި “ހިތުހުރިހާ” ވާހަކައެއް ފަތުރަނީ ހުރިހާ އެންމެނަށް އެއިން ލިބޭނެ ގެއްލުމަކަށް ވިސްނާލުމެއް ނެތި ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

“މި ފަދަ ވަސީލަތްތައް ހިންގާ ފަރާތްތަކާ މި ވަސީލަތްތައް ބޭނުންކުރާ ޢާންމު ފަރުދުން މި ކަންކަންކުރަނީ، ފަހެ، އެބައިމީހުންގެ މި ޢަމަލުތަކަށް ﷲ ތަޢާލާ ފާރަވެރިވެ ބައްލަވައިވޮޑިގެންވާކަން ހަނދުމަނެތިހެއްޔެވެ؟ އެ ޢަމަލުތަކާ މެދު ﷲ ތަޢާލާ ޤިޔާމަތްދުވަހު ސުވާލުކުރައްވާނޭކަން ނޭނގިހެއްޔެވެ؟” ޚުތުބާގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ނޫސްތަކާއި ޓީވީތައް ހިންގާ އެޑިޓަރުންނާއި އެކި މަންސަތަކުގެ މަސްއޫލުވެރިން ފާހިޝް ކަންކަމަށްމަގުފަހިވާ ތަކެތި ފަތުރައި، އާންމުކުރުމުން ދުރުވާން ޖެހޭކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ޚުތުބާގައި ބުނީ، ޝަރުއީ އިމުގެ ތެރެއިން މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމަށް އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެޑިޓަރުން ނަސޭހަތްތެރިވާންޖެހޭ ކަމަށެވެ.

އެ ޒިންމާ ނުނަގައިފިނަމަ، އޭނާއަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭނެކަން ބަޔާންކޮށް، ކީރިތި ރަސޫލާ ހަދީތްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “ބައެއްގެ ކަންކަމާ މަސްއޫލުވެފައިވާ އަޅަކު، އެބަޔަކަށް ނަސޭހަތްދީ ރަނގަޅު މަގު ދައްކައިނުދީފި ނަމަ، އެ މީހަކަށް ސުވަރުގޭގެވަސް ވެސް ނުލިބޭހުއްޓެވެ”

އެހެންވެ، ފާހިޝް އަމަލުތަކާ ދުރުހެލިވެ، އަވަހަށް ތައުބާ ވުމަށާއި އެ ކަންކަމުން މުޖުތަމައު ސަލާމަތްކުރަން މަސައްކަތްކުރާ މީހަކަށް ވުމަށް ޚުތުބާގައި ވަނީ ވަސިޔަތްކޮށްފައެވެ. ﷲގެ އަޅުތަކުންގެ ކިބައިން އެދިވޮޑިގަންނަވާ ގޮތަކީ އެއީކަން ޚުތުބާގައި ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް