Advertisement
މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗްގެ މަޖިލިސް މޮނީޓަރިން އިނީޝިއޭޓިވް ތަޢާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި

ހަރުދަނާ ޑިމޮކްރަސީއަކަށް މުހިއްމީ އިންތިޚާބު އެކަންޏެއް ނޫން: ޝާހިދު

ހަރުދަނާ ޑިމޮކްރަސީ އަކަށް މުހިއްމީ ހަމައެކަނި އިންތިޚާބުތައް ނޫންކަމަށާއި، ހަރުދަނާ މުއައްސަސާ ތަކެއްވެސް ބޭނުންވާކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ސެންޓަރ ފޮރ ޕޮލިސީ ރިސަރޗް ގެ މަޖިލިސް މޮނީޓަރިންގ އިނީޝިއޭޓިވް ތަޢާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ ޑިމޮކްރަސީއެއްގައި މުހިއްމުވާ މުއައްސަސާތަކުގެ ތެރެއިން ޤާނޫނު ހަދާ މަޖިލީހަކީ ވަކިން ޚާއްސަ ތަނެއްކަމަށެވެ. އެގޮތުން ޤާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅުން ހުރި ކަންކަމާއި މަޝްވަރާކޮށް، ގޮތް ނިންމައި، އެކަން ތަންފީޒުކުރާނެ ގޮތް ކަނޑައަޅާތަންކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް، ހަމަޖެހުން ޤާއިމްކުރުމަށް، ހުޅުވާލެވިފައިވާ ދެފުށްފެންނަ ރައްޔިތުންގެ މަޖިލީހެއްގެ މުހިއްމުކަން އެމަނިކުފާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 5 ދައުރުގެ ތަޖުރިބާއިން ފެނިވަޑައިގެންނެކަމަށް ޝާހިދު ވިދާޅުވި އެވެ.

Advertisement

ދެފުށް ފެންނަ، ހަރުދަނާ އަދި ހުޅުވާލެވިފައިވާ ޤާނޫނު ހަދާ މަޖިލީހެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ބޭއްވުމަށް ރޭ ފެށި ފަދަ މަސައްކަތްތަކަކީ މުހިއްމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެމަސައްކަތްކުރައްވާ ޒުވާނުންނަށް ޝާހިދު ހިތްވަރު ދެއްވިއެވެ. އަދި މިއީ އިންތިޚާބުވެފައި ތިބި މަންދޫބުންނާއި އެމަންދޫބުން ތަމްސީލްކުރައްވާ ރައްޔިތުންނާ ދެމެދު އެޅިގެންދާ ފާލަމެއްގެ ގޮތުގައިވެސް ޝާހިދު އެމަސައްކަތް ސިފަކުރެއްވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ކުރެއްވި ބައެއް ތަޖުރިބާތައްވެސް ހިއްސާ ކުރައްވާފަ އެވެ. އަދި ވަކިން ޚާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ރަސްމިއްޔާތުތަކެއް ބާއްވާ ތަނެއްގެ ބަދަލުގައި، ޕާލަމެންޓްރީ މަސައްކަތް ކުރާ، މެމްބަރުންނަށް ފަހި ތަނަކަށް ހެއްދެވުމަށް މަޖިލީހުގެ އިދާރާއަށާއި މުވައްޒަފުންގެ ކުރިއެރުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ޝާހިދު އަލިއަޅުއްވާލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް