Advertisement
އެކިއެކި އޮޕަރޭޝަންތަކުގައި އަތުލައިގަނެފައިވާ ޑްރަގް ނައްތާލަނީ: އެކި ކަންކޮޅުތަކުގައި ހިންގި "އޮޕަރޭޝަން އަލިމަގު"ން 92 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައި. --

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތަފްސީލެއް ނެތް!

ރަގުގެ ވިޔަފާރި ހުއްޓުވަން މި މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި 92 މީހުންގެ ތަފްސީލު ފުލުހުންނާއި ހޯމް މިނިސްޓްރީން އަދިވެސް ހާމައެއް ނުކުރެ އެވެ.

“އޮޕަރޭޝަން އަލިމަގު”ގެ ނަމުގައި 100 ސަރަހައްދެއްގައި އެއްފަހަރާ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރި 92 މީހުންނަކީ ވެސް ޑްރަގްގެ ވިޔަފާރީގެ އެކި މަރުހަލާގައި އުޅުނު މީހުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އޭރު ވިދާޅުވި އެވެ.

Advertisement

މިކަމާ ގުޅިގެން “ހަވާސާ”އިން ސުވާލުކުރުމުން މިނިސްޓަރު އޭރު ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ހުރިހާ ފަންތިއެއްގެ މީހުން ހިމެނޭ ކަމަށެވެ. އެގޮތުން ކުދި، މެދުފަންތި އަދި އެންމެ މަތީ ފަންތީގައި އެ ކުށަށް އަރައިގަންނަ މީހުން ވެސް ހިމެނޭ ކަމަށެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކުރީ ކޮންކޮން ބައެއް ކަމާއި އެ މީހުން ބަންދުކުރަން ކޯޓުން އަމަރު ދިނީ ކޮންކޮން މުއްދަތުތަކަކަށް ކަން މިނިސްޓަރު އޭރު ހާމައެއް ނުކުރައްވަ އެވެ.

އިހްސާން އޭރު ވިދާޅުވީ އެ މީހުން ހައްޔަރުކޮށް ބަންދު އަމުރު ހޯދީ އެކި ރަށްރަށުން ކަމަށް ވާތީ އެ ހުރިހާ އެންމެންގެ މައުލޫމާތު އެއްކޮށްފައި ހާމަކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެ މައުލޫމާތު މިހާތަނަށް ވެސް ހޯމް މިނިސްޓްރީން އާއްމެއް ނުކުރައްވަ އެވެ.

ފުލުހުން ހިންގާ ޑްރަގުގެ ބޮޑު އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ކުރިން އާއްމުކުރަމުން ދިޔަ ނަމަވެސް “އޮޕަރޭޝަން އަލިމަގު”ގެ ތަފްސީލެއް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، އެއް ވަގުތެއްގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމުގެ އެ އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި އެވެ. އަދި އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގި ހަރަކާތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިނިސްޓަރު އިހްސާން ވިދާޅުވެފައިވާ ގޮތުގައި ހއ. އިން ފެށިގެން އައްޑުއާ ހަމައަށް މި އޮޕަރޭޝަން ކުރިއަށް ގެންދާނެ އެވެ.

ޑްރަގް ވިޔަފާރި ރާއްޖޭގައި ދެން ނުކުރެވޭނެ ކަމަށާއި އެކަން ކުރާ ނަމަ “ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ” ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވެފައި ވަނީ ޑްރަގް ވިއްކުމުގައި އުޅުނު މީހުން މިއަދަށް ފަހު ދެން ޖެހޭނީ އެކަންތައް ހުއްޓާލަން ކަމަށާއި ރާއްޖޭގައި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ. ޑްރަގްގެ ވިޔަފާރި ހުއްޓުވަން ރާއްޖޭގައި ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އެހެންވީމާ އަޅުގަނޑުމެން އެދޭ އެދުމަކީ މިކަމުގައި މިއުޅޭ ކުދިން ވެސް މިކަން ހުއްޓާލާފައި އެހެން ކަމަކައިގެން މިއަދުން ފެށިގެން އުޅެން ފަށަން. ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެ މީހުންނަށް އުޅެން އުނދަގޫކުރާނަން، މި މަސައްކަތުގައި އުޅޭ ކަމަށް ވަންޏާ،” މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވެފައިވާ ގޮތުގައި، ނޮވެމްބަރު 13 ގައި ފުލުހުން ހިންގި އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް