Advertisement

މި ސަރުކާރުގެ 2 އަހަރަށް ޔާމީން ދެއްވީ 100 އަކުން 20

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް 100 އަކުން ދޭނީ 20 މާކްސް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް ދޭއްގައި މިރޭ ބޭއްވި “ރައިޒް އަޕް ޔޫތު” އިވެންޓުގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިއަދު ރާއްޖޭގެ ހާލަތު ފަސް ގަރުނު ފަހަތަށް ގޮސްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

Advertisement

ދުނިޔޭގެ ގައުމުތަކުގައި ސަރުކާރުތަކާއި ވެރިންގެ ޕާފޯމަންސް ރޭޓު ކުރާ އިންޑެކްސް ބޭނުންކޮށްގެން ޔާމީން ވަނީ މި ސަަރުކާރުގެ ފުރަތަމަ ދެ އަހަރުގެ މަސައްކަތްތައް ރޭޓުކޮށްފަ އެވެ.

ޔާމީން ދެއްވި ރޭޓިން

  • އިންޓެގްރިޓީ – 60 އިން 10 މާކްސް
  • ރެސްޕޮންސިވްނެސް – 10 އިން ފަސް މާކްސް
  • އެކައުންޓަބިލިޓީ – 10 އިން ސުމެއް
  • ޓްރާންސްޕޭރެންސީ – 10 އިން ދެ މާކްސް
  • އެފިޝެންސީ – 10 އިން ތިން މާކްސް

“ނަތީޖާ ޝީޓަށް 100 އިން އަޅުގަނޑަށް ދެވެން މި އަންނަނީ 20 މާކްސް. ބިގް ޓައިމް ފެއިލިއާއެއް، ބިގް ޓައިމް ފެއިލިއާއެއް އިނގޭތޯ. އަޅުގަނޑު ބޭނުން މިކުރީ ސައިންޓިފިކް މެތޮޑޮލޮޖީ، އޭގައި ސުވާލެއް ނުއުފުދޭނެ،” ޔާމީން ވިދާޅުވި އެވެ.

މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ދައްކާ ވާހަކައިގެ އަޑު ނީވޭ ކަމަށާއި އިގުތިސޯދު ހީނަރުވެގެންދާއިރު އިންވެސްޓު ކުރަން ރާއްްޖެ އަންނަ ބަޔަކު ވެސް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

“މުޅި އިގުތިސޯދު ހަލާކުވެގެންދިޔައީ މީހުން އަތުގައި އަމުދުން ހަރަދުކުރާނެ ފައިސާ ނެތި. ދެން ކިހިނެއްތޯ ކުލި ދައްކައިގެން އުޅޭނީ. އެހާ ހާލު ދެރަ. ހަގީގަތަކީ ހިސާބު އަކުރުތަކެއް ދޮގެއް ނަހަދާނެ.”

މި އަންނަ އަހަރުގެ ބަޖެޓަކީ އުފާވެރި ބަޖެޓެއް ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އަންނަ އަހަރުގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ދަރަނި ނަގައިގެން ކުރާ ކަންކަން ފެންނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

“މުއިއްޒުއަށް ރެކޮމެންޑު ކުރަން، މިހާރު ތި ހިސާބު ޖައްސަވާ ގޮތް ރަނގަޅެއް ނޫން. ކަހީނަކު ހޯއްދަވާ. ކަހީނަކު ހޯއްދަވައިގެން ރައްޔިތުން އުފާވެރި ކަންކަން ކުރައްވާ ކަމަށް ވާނީ. އޮފުދާރު ނުކުރައްވާ ރައްޔިތުންނާ ހަމައަށް ތިރިއަށް ވަޑައިގަންނަވާ،” ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވަފަ އެވެ. ނިމިދިޔަ 2023 ވަނަ އަހަރުގެ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވުނީ ހުކުމް ތަންފީޒުކުރަމުން ދިޔުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ޔާމީން މިނިވަންކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް