Advertisement
މުހައްމަދު މުއިއްޒު: ކުރިއަށް އޮތް ރޯދަ މަހު ކަރަންޓު ބިލު 400ރ. އަށްވުރެ ބޮޑު ނުވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައި --

ރޯދަ މަހު ކަރަންޓު ބިލަށް ގިނަވެގެން އަރާނީ 400 ރ. ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ރޯދަ މަހުގެ ކަރަންޓު ބިލަށް އަރާނީ ގިނަވެގެން 400ރ. ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލުކުރަ ކޮންމެ ބިލަކަށް ގިނަވެގެން ނަގާނީ 400ރ. ކަމަށެވެ. އެގޮތުން ބާކީ ބިލަށް އަރާވަރަކީ ޑިސްކައުންޓް ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

“ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާން މަހު ނަގާނީ 400ރ. ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ މި އަންނަ ރަމަޟާން މަހު، އެމަހުގެ ބިލަށް ނަގާނީ 400ރ. އެންމެ ގިނަވެގެން. ބާކީ ބައި ޑިސްކައުންޓް،” ރައީސް ވިދާޅުވި އެވެ.

މިދިޔަ ރޯދަ މަހު ވެސް ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވެ އެވެ. ނަމަވެސް އެފަހަރު ބިލުން ޑިސްކައުންޓް ދިން ގޮތާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ގިނަވި އެވެ. އޭގެއިތުރުން ފަހަކަށް އައިސް ކަރަންޓު ބިލު އިންތިހާއަށް ބޮޑުވަމުންދާތީ ވެސް އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ.

ރައީސް ވިދާޅުވީ މިދިޔަ ރޯދަ މަހެކޭވެސް އެއްގޮތަށް ކުރިއަށް އޮތް ރޯދަ މަހުވެސް ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ މަސްދަޅު ކޭހެއް ކަމަށެވެ.

ސަރުކާރުން ދޭ ރޯދަ ހަދިޔާ ހޯދަން ބޭނުންވަ ގޭބިސީތައް ރަޖިސްޓްރީކުރަން އަންގައި އިއުލާންކުރަން ބައެއް ކައުންސިލްތަކުން މިހާރު ވަނީ ފަށާފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް އެއްވެސް މިންވަރެއް ހިމަނާފައެއް ނުވެ އެވެ.

މިދިޔަ ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެކެވެ. އެކަން ކުރުމަށް ދައުލަތުގެ ބަޖެޓުން އެފަހަރު 111.8 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް