Advertisement

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.

ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކާ ގުޅިގެން ކަރަންޓުގެ ހިދުމަތަށް ބުރޫ އެރުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެ އެވެ.

Advertisement

ސްޓެލްކޯއިން އެކްސް މެދުވެރިކޮށް އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ހެނދުނުގެ ވަގުތެއްގައި ކަރަންޓު ކަނޑާލާނީ މާލެ ސިޓީގެ ލޮނުޒިޔާރަތް މަގު، ރަތްވިލާ މަގު އަދި ހިތިގަސް މަގު ހިމެނޭ ސަރަޙައްދުތަކުންނެވެ. މި ސަރަޙައްދުތަކުން ކަރަންޓު މެދުކެނޑޭނެ ކަމަށް ލަފާކުރެވެނީ ހެނދުނު 09:30 އާއި 11:30 އާ ދެމެދު އެވެ.

ސްޓެލްކޯއިން ކަރަންޓު ކެނޑިދާނެކަމަށް އިއުލާން ކުރި ސަރަހައްދުތައް.

މީގެ އިތުރުން، މެންދުރުފަހުގެ ވަގުތެއްގައި އިތުރު ސަރަޙައްދަކުން ވެސް ކަރަންޓުގެ ޚިދުމަތަށް ބުރޫއަރާނެ އެވެ. އެއީ މާލެ ސިޓީގެ އިސްކަންދަރު މަގު އަދި ބަޑިފަސްގަނޑު މަގު ހިމެނޭ ސަރަޙައްދުތަކެވެ. މި ސަރަޙައްދުތަކުން ކަރަންޓު މެދުކެނޑޭނެ ކަމަށް ލަފާކުރެވެނީ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު އެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މި މަސައްކަތްތަކާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އާންމުންގެ ކިބައިން މާފަށް އެދިފަ އެވެ. މި މަސައްކަތްތަކަކީ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް