Advertisement
ނަޞްރުގެ ދުވަހު ބޮޑު ޖަމާއަތުގައި މީގެކުރިން ކުރެވުނު ފަތިސް ނަމާދު --

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަނީ

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެމްއެންޑީއެފުން ނިންމައިފިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ. މިކަން އޮންނާނީ މިރޭ ފަތިހު އިސްލާމީ މަރުކަޒުގައެވެ.

Advertisement

ނަސްރުގެ ދުވަސް ފާހަގަ ކުރަން ބާއްވާ އިތުރު ހަރަކާތްތައް:

ނޮވެމްބަރު 3

1- ހަނދާނީ ބިނާގައި ދިދަ އާއި ގާޑް މައުންޓް ކުރުން – ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ
2- ރަސްމީ ޖަލްސާ – ސޯޝަލް ސެންޓަރު
3- އަސްކަރީ ހުށަހެޅުން – ޖުމްހޫރީ މައިދާން

ނޮވެމްބަރު 7

ސިފައިންގެ ފޮޓޯ މައުރަޒު – ގދ. އަތޮޅު ތައުލީމީ މަރުކަޒު

ނޮވެމްބަރު 8

ސިފައިންގެ ފޮޓޯ މައުރަޒު – ގދ. އަތޮޅު ތައުލީމީ މަރުކަޒު
އަސްކަރީ ހުށަހެޅުން އަދި ކުޑަކުދިންގެ ހަވީރު – ތިނަދޫ ސިޓީ ސްޓޭޑިއަމް

އެމްއެންޑީއެފުން ވިދާޅުވީ މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑް ތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާއަތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ނަސްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެ ކަމަށެވެ.

ދިވެހިންގެ ބަޔަކާއި ސްރީ ލަންކާގެ ތަމަޅައިންގެ ގްރޫޕަކުން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް