Advertisement

ޖުމުހޫރީ މައިދާން ސަރަހައްދު ބަންދުކޮށް ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލެއް

ނަސްރުގެ ދުވަހާ ގުޅިގެން މާދަމާ ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކޮށް ސޯޝަލް ސެންޓަރުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އާ ގުޅިގެން ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރުގެ ވަށައިގެންވާ މަގުތައް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

Advertisement

އޭގެ އިތުރުން ފުލުހުން ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހުގެ މިލިޓަރީ ޑިސްޕްލޭ އިވެންޓާ ގުޅިގެން ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކާއި ފަޅު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުން ވަނީ ބަންދުކޮށްފައިވާ މަގުތަކުގެ ޗާޓެއް ވެސް އާންމުކޮށްފައެވެ. އެ ޗާޓުގައިވާ ގޮތުން، އެއްގަމު އުޅަނދު ފަހަރަށް، ބޮޑުތަކުރުފާނު މަގުން ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑް އޮފީހާ ހަމައަށް ބަންދުވާނެއެވެ.

އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް އެ މަގު ބަންދުވާނެއެވެ. ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ވެސް ބަންދުވާނެ ކަމަށް ޗާޓްގައިވެއެވެ.

ޗާންދަނީ މަގު ޖުމްހޫރީ މައިދާނާ ހިސާބުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަށައިގެން އޮންނަ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ރަސްމީ ފާލަމުން ފެށިގެން ކަނޑުގެ 300 މީޓަރުގެ ސަރަހައްދެއް ވެސް ބަންދުކޮށްފައިވާ ކަމަށް އެ ޗާޓުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް