Advertisement

ކޮޅުވެއްޓި ބަންޑުން ޖަހާލި ހަދިސާ: 25 އަހަރުގެ ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި 25 އަހަރުގެ ދިވެހި ފިރިހެނަކަށް ބޮޑެތި އަނިޔަތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު މިއަދު 15:44ހާއިރު ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި ހަ މީހަކަށް އަނިޔާވިއިރު، އެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement

ފުލުހުން ފަހުން ވިދާޅުވި ގޮތުގައި މި ހާދިސާގައި އަނިޔާވީ ހަތަރު ދިވެހިންނަށާއި ދެ ބިދޭސީންނަށެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމްއެޗްއަށެެވެ. އެ މީހުންނަށް ލިބުނި ކޮން ކަހަލަ އަނިޔާތަކެއް ކަން ސާފެއް ނޫނެވެ.

މި ހާދިސާގައި ބިދޭސީއަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މަސްއޫދް ހޮސައިން 32އ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، މި ހާދިސާގައި އަނިޔާވި ދިވެއްސަކަށް ވެސް ބޮޑެތި އަނިޔާތަކެއްވެ، ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާއަށް ލިބުނީ ކޮން ކަހަަލަ އަނިޔާތަކެއް ކަން އަދި ސާފެއް ނޫނެވެ.

މިދިޔަ މަހު މާލެ އިން ފުރައިގެން ކ. އެރިޔަދު އަށް ފުރި ކޮޅުވެއްޓިއެއް ކަނޑުގަދަވެގެން ބަންޑުން ޖަހާލި ހާދިސާގައި ދިވެއްސަކާއި ތިން ބިދޭސީއަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް