މާލެ އެމްޕީއެލްއާ ދިމާލު ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑިއެފުން ބުނީ، އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ 15:44 ގައި ކަމަށެވެ. މި ހާދިސާގައި އަނިޔާވި 3 މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުންގެ މެރިން ޔުނިޓު އޮފިސަރުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރުވަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިތުރު ތަފްސީލް އަންނަނީ..


ކިޔުންތެރިންގެ ހިޔާލު