Advertisement
އިމިގްރޭޝަންގެ ވޯކިން އިންޓަވިއުގެ ތެރެއިން: ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ ވަޒީފާއަށް 600 އަށްވުރެ ގިނަ މީހުން ވޯކިން އިންޓަވިއުއަަށް ދިޔަ

މޯލްޑިވްސް އިމިގްރޭޝަނަށް 70 އިމިގްރޭޝަން އޮފިސަރު ޓްރެއިނީސް ހޯދަން ބޭއްވި ވޯކިން އިންޓަވިއުއަށް 600 އަށްވުރެ ގިނަ މީހުން ދިޔަ ކަމަށް އިމިގްރޭޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

އެ އިދާރާއަށް 70 އޮފިސަރު ޓްރެއިނީސް ނެގުމަށް ބޭއްވި އިންޓަވިއުއަށް މިފަހަރުވެސް ބޮޑު ތަރުހީބެއް ލިބުނު ކަން އިއްޔެ އިމިގްރޭޝަނުން ވިދާޅުވެފައި ވެއެވެ. އެގޮތުން އިންޓަވިއު ފެށިތާ ދެތިން ގަޑިއިރު ތެރޭގައި 500 އަށްވުރެ މީހުން އިންޓަވިއުއަށް ދިޔައެވެ.

Advertisement

އިންޓަވިއު ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލޭގެ ސަލާހުއްދީ ސްކޫލްގައެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، އިއްޔެ 16:30 ގައި އިންޓަވިއުތައް ނިމިގެންދިޔައިރު، 670 މީހަކު ވޯކިން އިންޓަވިއުއަށް ދިޔަ ކަަމަށެވެ.

މިއީ އެ އިދާރާއިން ކުރިއަށްގެންދާ މިފަދަ ދެވަނަ އިވެންޓެވެ. މީގެ ފަސް މަހެއްހާ ކުރިން އިމިގްރޭޝަނުން ބޭއްވި ވޯލްކިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން އެ ވޯކިން އިންޓަވިއުއެއަށް 900 އަށްވުރެ ގިނަ މީހުންދިޔައިރު، ޝަރުތު ހަަމަވީ 758 މީހެކެވެ. އޭގެ ތެރެއިން އިމްތިހާނު ހެދީ 549 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް