Advertisement

ވެލާނާ އެއާޕޯޓުގައި މާ ފިނިގަދަ ކަމަށް ނަޝީދު ވިދާޅުވެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލްގައި މާ ބޮޑަށް ފިނި ގަދަ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއާޕޯޓުގައި ފިނިހޫނު މިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. އެއީ މާ ބޮޑަށް ފިނިވެފައި އިސްރާފު ބޮޑު ގޮތެއް ކަމަށް ނަޝީދު ސިފަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، 20އާއި 25 ޑިގްރީ ސެލްސިއަސްއާ ދެމެދު އެއާޕޯޓުގެ ފިނި ހޫނުމިން ބެހެއްޓުމަކީ ރަނގަޅު ގޮތް ކަމަށެވެ.

Advertisement

ނަޝީދުގެ އެ ޕޯސްޓަށް ބައެއް މީހުން ކުރި ކޮމެންޓުތަކުގައި ވެސް ވަނީ، އެއާޕޯޓުގައި މާ ބޮޑަށް ފިނި ގަދަ ކަމަށް ބުނެ، އޭގެ ސަބަބުން ކަރަންޓު ޚަރަދު ބޮޑުވާކަން ފާހަގަކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: އެ އެއާޕޯޓުގައި މާ ބޮޑަށް ފިނިގަދަ ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި — ފޮޓޯ/ އެމްއޭސީއެލް

ނަޝީދު އެހެން ވިދާޅުވިއިރު، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކަމަށްވާ މިދިޔަ ޖުލައި 26ގައި އެއާޕޯޓުގެ އައު ޓާމިނަލް ވަނީ ހުޅުވައިފައެވެ.

ޒަމާނީ ގިނަ ވަސީލަތްތަކާއެކު، ހުޅުވި އާ ޓާމިނަލް ފަރުމާކޮށްފައި ވަނީ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް