Advertisement

އައްޑޫ ރައްޔިތުންނަށް ބޮޑު ތަކުލީފެއް، މިއަދުވެސް ކަރަންޓު ކަނޑަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިއަދު ވެސް ކަރަންޓު ކަނޑަން ފަށައި، ކަރަންޓު ކެނޑުން އާދަވެ، އާންމުންނަށް ޖެހިފައިވާ ބޮޑު ތަކުލީފަކަށް އެކަން ވެއްޖެ އެވެ.

ފެނަކައިން ބުނީ އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދަނީ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

Advertisement

ކަރަންޓު ކަނޑަމުންދަނީ ލޯޑު މަތިވާ ގަޑިތަކުގައި ލޯޑް މެނޭޖް ކުރުމުގެ ގޮތުން ކަމަށް ފެނައިން ބުންޏެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން އަށް ގަޑިއިރަށް މަރަދޫ ފޭދޫގެ ސަރަހައްދަކުން ކަރަންޓު ކެނޑި އެވެ. އެ ސަރަހައްދުން ކަރަންޓު ކެނޑީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރަން ކަމަށް ބުނެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން އިއްޔެ ވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އިއްޔެ ކަރަންޓުގެ ހިދުމަތް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ކެނޑި ފްލައިޓްތައް ވެސް ޑިލޭވި އެވެ. އިއްޔެ ވެސް ލޯޑު މަތިކުރުމަށް އެކި ސަރަހައްދުތަކުން ދިޔައީ ކަރަންޓު ކަނޑަމުންނެވެ.

އިއްޔެވެސް އައްޑޫގައި ކަރަންޓު މައްސަލަ ދިމާވީ ޖެނެރޭޓަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. އެ މައްސަލަ ހައްލުކުރެވުނުކަން ރޭގެ ވަގުތެއްގައި ފެނަކައިން ހާމަކުރި އެވެ. އެކަމަކު އޭގެ ފަހުން 24 ގަޑިއިރު ނުވަނީސް އަނެއްކާ ވެސް ޖެނެރޭޓަރަކަށް މިވަނީ މައްސަލަ ދިމާވެފަ އެވެ.

އައްޑޫ މޭޔަރު، އަލީ ނިޒާރު އިއްޔެ ވިދާޅުވީ ކަރަންޓު ކަނޑަމުން ދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ރަށަށް ގެނައި ޖެނެރޭޓަރުތަކުން ވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

“ގަޑިއަކުން ގަޑިއަކުން، އެކި ތަންތަނުން ކަނޑަމުން ދަނީ ހަމަ ނުހިފެހެއްޓިގެން ކަނޑަމުން ދަނީ. އެއް ދިމާލަކުން ވެސް ނޫން ކަނޑަނީ. އެކި ދިމަދިމާލުން ކަނޑަމުން ދަނީ، ދެ ހަފުތާއެއްހައި ދުވަސްވެއްޖެ ކަރަންޓު ކަނޑަމުންދާތާ،” އޭނާ އިއްޔެ ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި މިދިޔަ އަހަރުން ފެށިގެން އެ ސިޓީން ދަނީ ދޭތެރެދޭތެރެއިން ކަރަންޓު ކަނޑަމުންނެވެ. އެގޮތުން މިދިޔަ ރޯދަ މަހުގެ ވެސް ބޮޑުބައި އައްޑޫ ރައްޔިތުން ހޭދަކުރީ ކަނު އަނދިރީގަ އެވެ.

އެ މައްސަލަ ހައްލު ކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް މައްސަލަ ހައްލުވެފައެއް ނުވެ އެވެ. އަދި އެކަން އެގޮތަށް ދިމާވާ ސަބަބެއް ވެސް ފެނަކައިން މިހައިތަނަށް ހާމައެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް