Advertisement

މާސްޓާސްއަށް ކިޔަވަމުންދާ ދަރިވަރުންނަށް މައުމޫން ފައުންޑޭޝަނުން ސްކޮލާޝިޕެއް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި މާސްޓާސް އަށް ކިޔަވަމުންދާ ދަރިވަރުންނަށް “ދި މައުމޫން ފައުންޑޭޝަށް” ގެ ފަރާތުން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މައުމޫން ފައުންޑޭޝަން އިން ވިދާޅުވީ، އެއީ ދިވެހިރާޢްޖޭގެ ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

Advertisement

އެ ސްކޮލާޝިޕް ވަނީ 3 ދާއިރާއަަކަށް ހުޅުވާލެވިފައެވެ. އެ 3 ދާއިރާ އަކީ:

  • މާސްޓާސް އޮފް ފިޤްހު
  • މާސްޓާސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު، ލީޑާރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
  • މާސްޓާސް އޮފް އާޓްސް އިން ޤުރުއާނިކް ސައިންސަސް

އެ ސްކޮލާޝިޕަށް މައުމޫން ފައުންޑޭޝަނުން ހަރަދުކުރަން ނިންމި ނަމަވެސް އެ ސްކޮލާޝިޕަށް ދަރިވަރުން ހޮވުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް ޔުނިވާސިޓީ އިން ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.

ކުރީގެ ރައީސް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އިސްނަންގަވައިގެން އުފެއްދެވި މި ފައުންޑޭޝަން އުފައްދާފައިވަނީ 26 ޖެނުއަރީ 2010ގައެވެ. މި ފައުންޑޭޝަންގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައި ދިނުމެވެ.

ދިވެހި ޒުވާނުންނަށް ތައުލީމީ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މައުމޫން ފައުންޑޭޝަންގެ ފަރާތުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް