Advertisement
ގެއްލިގެން ހޯދާ ނޭޕާލް އަންހެން މީހާ: އޭނާ ހޯދާތާ ދެ ދުވަހަށް ވުރެ ގިނަ ވެއްޖެ ---- ފޮޓޯ/ ފުލުހުން

މާލެއިން 19 އަހަރުގެ ނޭޕާލް އަންހެނެއް ގެއްލުނުތާ ދެ ދުވަސް

މާލެއިން 19 އަހަރުގެ ނޭޕާލް އަންހެނެއް ގެއްލުނުތާ ދެ ދުވަސްވެއްޖެއެވެ.

ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކުރީ، ޕޫރްނީމާ ގަޖްމާއެވެ.

Advertisement

ފުލުހުން ބުނީ، އޭނާ މިދިޔަ އަންގާރަ ދުވަހުގެ 14:00 އެހާކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް އިއްޔެ އިރުއޮއްސި 18:56 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެ މައުލޫމާތު ކަމާ ގުޅޭ ހުރިހާ އިދާރާތަކާ ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އެކަމަކު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ އުޅޭތަނަކާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ހޯދިފައިނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މުއައްސަސާއިން ވަނީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައިގެން ހިއްސާކުރުމަށް އެދިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މާލޭއިން ދޭތެރެއަކުން މީހުން ގެއްލިގެން ހޯދަން އިއުލާނުކުރެއެވެ. އެކަމަކު، ހޯދަން އިއުލާނު ކުރާތާ މަދު ވަގުތުކޮޅެއް ތެރޭ އާންމުކޮށް، އެމީހުން އާއިލާއަށް ގުޅައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް