Advertisement
ފީފާގެ ރައީސް: އޭނާ ވަޑައިގަތީ މިއަދު -- ފޮޓޯ/ އެފްއޭއެމް

ފީފާގެ ރައީސަށް ސަގާފީ މަރުހަބާއެއް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް ސަގާފީ މަރުހަބާއެއް ކިޔައިފިއެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގަތީ ރަސްމީ ދަތުރުފުޅެއްގައެވެ.

Advertisement

އެއާޕޯޓުގެ ވީއައިޕީ ޓާމިނަލުން އިންފަންޓީނޯ ނުކުމެވަޑައިގަތުމާ އެކު އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި، ސަގާފީ ބައެއް ހުށަހެޅުންތައް އޭނާއަށް ވަނީ ދައްކާލާފައެވެ. އޭނާގެ އިސްތިގުބާލުގައި ކުޅިވަރާ ގުޅުންހުރި އެކި ފަންތީގެ ބޭފުޅުން އެއާޕޯޓަށް ވަޑައިގެން ތިއްބެވިއެވެ.

ދަތުރުފުޅުގެ ތެރެއިން އިންފަންޓީނޯއާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި ފުޓުބޯޅައިގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި