Advertisement

ޖޭއެސްސީގެ ނައިބު ރައީސަކަށް ޔަޒްމީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްއަކަށް އެ ކޮމިޝަންގެ މެމްބަރު ޔަޒްމީދު މުހައްމަދު އިންތިހާބުކޮށްފިއެވެ.

ޖޭއެސްސީގެ ނައިބު ރައީސަކަށް ޔަޒްމީދު އިންތިހާބުކުރީ އެ މަގާމުގައި ކުރިން ހުންނެވި ހައިކޯޓުގެ ފަނޑިޔާރު، މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުންނެވެ. ޔަޒްމީދަކީ އެ ކޮމިޝަންގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ހަމައެކަނި މެމްބަރެވެ.

Advertisement

ޔަޒްމީދު ޖޭއެސްސީއަށް އައްޔަން ކުރެއްވީ މި އަހަރުގެ ފެބްރުއަރީ 23 ގައެވެ.

ނިޔާޒަކީ މެއި 11، 2022 އިން ފެށިގެން ޖޭއެސްސީގެ މެމްބަރެކެވެ. ކޮމިޝަންގެ ނައިބު ރައީސަކަށް ނިޔާޒް އިންތިހާބުކުރީ މާޗު 20، 2024 ގައެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަލާއިރު، އެ ކޮމިޝަންގައި ތިއްބަވަނީ 10 މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މެމްބަރާއި ވަކީލުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.

ޖޭއެސްސީގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވީ މާފުށީ ދާއިރާގެ ޕީއެންސީގެ މެމްބަރު، ހުސެއިން ރިޒާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް