Advertisement

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީގެ އިންތީޚާބު އަންނަ މާޗް މަހު ބާއްވަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އަންނަ މާޗުމަހުގެ 28 ވަނަ ދުވަހަށް ތާވަލު ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ދައިލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި ކޮމިޝަނުން ތާވަލުކޮށްފައިވަނީ 28 މާޗް 2026 ކަމަށާއި، ކެނޑިޑެންސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހުކަމަށެވެ.  އެގޮތުން ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ތައްޔާރުވަމުންދާކަމުގައެވެ. އެގޮތުން އިންތިޚާބުގެ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަމަށާއި، މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ޒާހިދު ވިދާޅުވިއެވެ.

Advertisement

ޒާހިދު ވިދާޅުވީ، އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު ކެނޑިޑެންސީ ފޯމު ހުށަހެޅުމުގެ މަރުހަލާ ޑިޖިޓަލްކުރެވިފައިވާކަމަށެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ކަރުދާސް ފޯމު ހުށަހެޅުމުގެ ބަދަލުގައި، އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އެ މަރުހަލާ އޮންލައިން ކުރެވިގެންދާނެކަމަށް ޒާހިދު ވިދާޅުވިއެވެ. އަދި މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކުރުމަށާއި ޚަރަދުކުޑަކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޒާހިދު ފާހަގަކުރެއްވިއެވެ.

ޒާހިދު ވިދާޅުވީ ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކާ 70 ނުވަތަ 80 މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް