Advertisement

ޕްރޮފެސަރ ޑރ. އަޒްމާންގެ ހާއްސަ ސެޝަނެއް، އަލިއަޅުވާލެއްވީ ޒަކާތާގުޅޭ ޒަމާނީ ވަސީލަތްތަކަށް!

ޒަކާތާ ގުޅޭ ފަހުގެ ނުވަތަ އަލަށް އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މައްސަލަތަކާ ގުޅޭ ގޮތުން އިސްލާމިކް ސެންޓަރުގެ ކޮންފަރެންސް ހޯލުގައި ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.

އޮކްޓޯބަރ 14 ގައި ކުރިއަށް ގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) ގެ ސީނިއަރ ލެކްޗަރަރ ޕްރޮފެސަރ ޑރ. އަޒްމާން ބިން މޮހްދް ނޫރެވެ.

Advertisement

މި ސެޝަން އިންތިޒާމުކޮށްފައިވަނީ މޯލްޑިވްސް ޒަކާތު ހައުސް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވާ ސެކްޝަނުން، އައި.އައި.ޔޫ.އެމް އާ ގުޅިގެންނެވެ. މިއީ 29 އޭޕްރިލް ގައި ޒަކާތު ހައުސްއާއި އައި.އައި.ޔޫ.އެމް އާ ދެމެދު ސޮއިކުރި އެމް.އޯ.ޔޫގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ހަރަކާތެކެވެ.

މި ހަރަކާތުގައި ރާއްޖޭގެ ޢިލްމުވެރިންނާއި ޒަކާތު ހައުސް އަދި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސެޝަންގައި މުދަލު ޒަކާތުގެ ތެރޭގައި ހިމެނޭ އައު އާމްދަނީ ލިބޭ ވަސީލަތްތަކުން ޒަކާތް ދައްކާނެގޮތާއި އެ މުދަލުގެ ނިޞާބު ފަދަ މުހިންމު މައުޟޫއުތަކާމެދު މަޝްވަރާކުރިއެވެ. އަދި މެލޭޝިއާ އާއި ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމުގެ އުސޫލުތައް އަޅާކިޔާ، ދެ ގައުމުގެ ތަޖުރިބާތަކާއި މައުލޫމާތު ހިއްސާކުރިއެވެ.

ޕްރޮފެސަރ ޑރ. އަޒްމާން އާއި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިން، ވަނީ ޒަކާތުގެ ނިޒާމު ހިންގުމާއި ޒަކާތު ފަންޑުން ހޭދަކުރެވޭނޭ ގޮތްތަކާމެދު ޚިޔާލު ބަދަލުކުރެއްވާފައެވެ. މި ސެޝަނުގެ ސަބަބުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި އައި.އައި.ޔޫ.އެމް އާ ދެމެދު އޮތް ގުޅުން ވަރުގަދަވެ، އިސްލާމީ މާލިއްޔަތާއި ޚައިރާތުގެ ދާއިރާގައި ދެމެހެއްޓެނިވި ތައުލީމާއި މަޝްވަރާގެ މުހިންމުކަން ފާހަގަކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް