Advertisement
ރައީސް ޑރ. މުއިއްޒު، ށ. މާއުނގޫދޫއަށް ކުރެއްވި ދަތުރުފުޅު. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒު، ލ. އަތޮޅުގެ 11 ރަށަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ތިން ދުވަހުގެ ތެރޭގައި ލ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ލ. އަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށް ކަމުގައިވާ ލ. ގަން، ލ. ފޮނަދޫ، ލ. މާވަށް، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ދަނބިދޫ، ލ. މާބައިދޫ، ލ. މުންޑޫ، ލ. މާމެންދޫ، ލ. ހިތަދޫ، ލ. ކުނަހަންދޫއަށް ވަޑައިގަންނަވާނެއެވެ.

Advertisement

ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު މިއަދުއެންމެ ފުރަތަމަ ވަޑައިގަންނަވާނީ ލ. މާވަށަށެވެ. އެއަށް ފަހު، ލ. ހިތަދޫ، ލ. ކުނަހަންދޫ އަދި ލ. ފޮނަދޫއަށް ވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސްގެ އެ ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް