Advertisement

ލޯންޗެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ 2 މީހުން ހައްޔަރުކޮށްފި

ތިލަފުށީ ފަޅުން ސްޕީޑް ލޯންޗެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވަނީ، ށ. ފޯކައިދޫ, ޗަނބޭލީގޭ، ހަސަން ރަޝީދު އަހްމަދު އަދި ށ. ފޯކައިދޫ، ޝިއުމާމަންޒިލް، އިބްރާހީމް މަމްދޫހެވެ.

Advertisement

މި ދެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސްވަނީ ފަސް ދުވަސް ޖަހާފައެވެ. ދެ މީހުން ވެސް ބަންދު މަޖިލީހަށް ހާޒިރުކޮށްފައިވަނީ މިއަދެވެ. މި ދެ މީހުންގެ ތެރެއިން ހަސަން ރަޝީދު އަހްމަދުގެ އުމުރަކީ 30 އަހަރެވެ. އަދި އިބްރާހީމް މަމްދޫހުގެ އުމުރަކީ 27 އަހަރެވެ.

މި 2 މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުގައި ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގުމަށް ފަހު އެ ލޯންޗަށް ގެއްލުންދީ އަދި ލޯންޗުގެ އިންޖީނުގެ ގިއަރެއް ވަގަށް ނެގި ކަމަށް ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

ދެ މީހުންވެސްވަނީ ބަންދު މަޖިލީހުގައި އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަށް އިއުތިރާފުވެފައިކަން، ބަންދު ރިޕޯޓުގައި ގާޒީ ސަފްއަތު ހަބީބުވަނީ ފާހަގަ ކުރައްވާފައެވެ.

ބަންދު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި މި ދެ މީހުން ވެސް ކުށަށް އިއުތިރާފުވެފައިވާތީ، ތަހުގީގު މަރުހަލާގައި ވެސް އިއުތިރާފު އެއްބަސްވުން ނުވަތަ ނަސޭހަތުގެ އެއްބަސްވުން ހެދުމުގެ ފުރުސަތު އެ މީހުންނަށް އޮތްކަންވަނީ އަންގާފައެވެ.

މި ދެ މީހުން ކުރެ މީހެއްގެ ބަންދު ރެކޯޑެއް ކުރިން އޮތް ކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް