Advertisement

ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލަން ކުރީގެ ރައީސް ނަޝީދު ގޮވާލައްވައިފި

ތަރައްގީގެ ނަމުގައި ހިންގާ އުމްރާނީ ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް 4-5 އަހަރަށް މަޑުޖައްސާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އިއްޔެ ވެސް ނަޝީދު ވަނީ ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ފާޑުވިދާޅުވެފަ އެވެ.

Advertisement

އިއްޔެ އެމަނިކުފާނު އިޝާރާތްކުރެއްވީ ށ. އަތޮޅުގައި، ކައިރިކައިރީގައި ސަރުކާރުން ހަތަރު އެއާޕޯޓު އަޅަން ކުރާ މަސައްކަތަށެވެ. އެއީ ލޯންޗުގައި ވެސް ދަތުރުކުރަން ނަގާ ވަގުތަށް ވުރެ ގާތްގާތުގައި އަޅާ އެއާޕޯޓުތަކެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެހާ ކައިރިކައިރީގައި އެއާޕޯޓު އެޅުމަކީ އިގްތިސާދީ ގޮތުންނާއި މާލީގޮތުން ވެސް ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.

ނަޝީދު ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވީ “އިހަށް މަޑުކޮށްލާ” ކަމަށެވެ.

“ދެން ވެރިކަމަށް އަންނަ ރައީސެއް ވައުދު ވާންވީ މަޑުޖެހިލަން،” ނަޝީދު ވިދާޅުވި އެވެ.

 އުމްރާނީ މަސައްކަތްތަކަށް ފާޑުވިދާޅުވެ، ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްގީއެއް ނޫން ކަމަށާއި ގިނަ ފަހަރު އެއީ ދަރަނި ކަމަށެވެ.

“ރައްޔިތުންގެ ތަނަވަސްކަން އިތުރު ވާނީ ބަޖެޓު ސާޕްލަސް އާއި ރިޒާވް އިތުރު ކުރެވި، ދަރަނި ކުޑަ ކުރެވިގެން،” ނަޝީދު ވިދާޅުވި އެވެ.

ދިވެހިންނަކީ ތަންދޮރު ދަންނަ ބައެއްކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ވާން މި އުޅޭ ގޮތާއި އެމަނިކުފާނު އެ ވިދާޅުވާ ވާހަކަ ދިވެހިންނަށް ސާފުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް