Advertisement
މަތިވެރީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފްއާ ސަލާމް ކުރައްވަނީ.

ބިން ހިއްކަން އެމްއޭސީއެލް އިން ތިން ޑްރެޖަރު ގެންނަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ބިންތައް ހިއްކަން އެ ކުންފުނިން މި އަހަރު ތިން ޑްރެޖަރު ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ ރަށްރަށުގައި އެއްފަހަރާ އެފަދަ ކަންކަން ކުރަން ފަށާފައިވާތީ އެކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔާ ކަމަށެވެ.

Advertisement

އެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ ކަމެއް ކުރަނީ ވެސް ޕްލޭނެއް އޮވެގެން ކަމަށާއި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާނީ އެއްފަހަރާ ކަމަށެވެ.

ބައެއް އަތޮޅުތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ގެންނަ ތިން ޑްރެޖަރު

– މި މަސް ނިމުމުގެ ކުރިން، 11،000 ޓަނުގެ ޑްރެޖަރެއް ގެންނާނެ

– ނޮވެމްބަރު މަހުގެ 3 ވަނަ ހަފުތާގެ ތެރޭގައި 40،000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ، މަސައްކަތް ކުރާނީ ރަސްމާލޭގައި

– ތިން ވަނަ ޑްރެޖަރު ރާއްޖެ ގެންނާނީ ޑިސެމްބަރު މަސްތެރޭ، ފަށާނީ ހއ. ދިއްދޫގެ ޕްރޮޖެކްޓް

ރައީސް ވިދާޅުވި ގޮތުގައި ހއ. އަތޮޅު ނިންމާ ގޮތަށް އެ ޑްރެޖަރު އަންނާނީ ށ. އަތޮޅު އެއާޕޯޓުތަކަށް ބޭނުންވާ ބިން ހިއްކާށެވެ. އަދި ށ. އަތޮޅުގައި ހިއްކަން ނިންމާފައިވާ ހުރިހާ ބިމެއް ނިންމުމަށްފަހު މާލެ އަތޮޅުގައި ނުނިމި ހުރި މަސައްކަތްތައް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައިސް ވިދާޅުވީ މާލެ ސަރަހައްދުގެ މަޝްރޫއުތައް ނިންމުމަށް އެމްއޭސީއެލް އިން އިތުރު ކުންފުންޏަކާ އެގްރިމަންޓް ހަދާފައިވާ ކަމަށެވެ. އެ ކުންފުނިން ވެސް ޑްރެޖަރުތައް ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް