Advertisement

ގެދޮރުވެރިޔާ ސްކީމުން 76 ޕޮއިންޓް ލިބުނު 330 މީހުންނަށް ފެލްޓް ދެނީ

ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 76 ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބުނު 330 މީހަކަށް ފްލެޓް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު، އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، 76 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް އެލޮކޭޝަން ހަދަން ޖެހޭ 330 ފަރާތަކަށް ފްލެޓް އެލޮކޭޝަން ނަހަދާ، 75 މާކްސް ލިބުނު މީހުންގެ ތެރެއިން 315 ފަރާތަކަށް ފްލެޓް ނަންބަރު އެލޮކޭޝަން ހަދާފައިވާ ކަމަށެވެ.

Advertisement

“މިއީ އަޅުގަނޑުމެންނަށް ފަހަކަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ފްލެޓް ގުރުއަތު ނަގާފައި ދީފަ ހުރީ، އަދި އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައި ހުރީ.” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ލިބެން ޖޭހޭ ފަރާތްތަކަށް ފްލެޓް ލިބުމަކީ އެ އިއުލާނުގައިވާ ގޮތުން ނަމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެހެން ކަމުން ސަރުކާރުން މަސައްކަތް ކުރީ ކުރިން ވެސް އިއުލާނުކޮށްފައިވާ ގޮތަށް އަސާސީ ޝަރުތުތައް ހަމަނުވާ ފަރާތްތައް ކެންސަލް ކޮށްގެން މަދުވާ 330 ފްލެޓަށް އެލޮކޭޝަން ހެދޭތޯ ކަމަށެވެ. ނަމަވެސް އެ އަދަދަށް 3 ކޮޓަރީގެ ފްލެޓް ހަމައެއް ނުކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 3 ކޮޓަރި ލިބިފައިވާ އެންމެނަށް ހަދާފައިވާ އެލޮކޭޝަން ކެންސަލް ކުރި ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑު ނުދަންނަވަން އެބޭފުޅުންނަށް ލިބޭ ފްލެޓް ލިބުން ކެންސަލްވި ވާހަކަ. އަޅުގަނޑު މި ދެންނެވީ ލިބޭ ފްލެޓް ނަންބަރު ކަނޑައަޅާފައިވާ އެލޮކޭޝަން ކެންސަލް ކުރީ، ކޮށްފައި އަޅުގަނޑުމެން 76 އިން މަތިން މާކްސް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގީ.” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، 75 ޕޮއިންޓުގައި ތިބި މީހުންނަށް 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ފްލެޓްތައް ލިބުމުގެ އޮޕްޝަން ދެވޭނެ ކަމަށާއި 3 ކޮޓަރީގެ ގުރުއަތު ނަގައި ނިމުމުން އެފަރާތްތަކަށް ފްލެޓްތައް ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް