ހުޅުމާލޭގައި ތިން އާ ބަސްހުއްޓިއެއް އެމްޓީސީސީއިން ބަހައްޓައިފިއެވެ.
އެމްޓީސީސީއިން ވިދާޅުވީ ހިދުމަތް ބޭނުންކުރައްވާ ފަރާތްތަކުގެ އެދިވަޑައިގަތުމާ އެއްގޮތަށް އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ ހުޅުމާލޭ ފޭސް އެކެއްގެ އިންޓާނަލް ރޫޓް (އާރް5) އަށް މިއަދުން ފެށިގެން ތިން އާ ބަސް ހުއްޓި ތައާރަފްކޮށްފައިވާ ކަމަށެވެ.
އަލަށް ތައާރަފް ތިން ބަސްހުއްޓިއަކީ:
- ސީއެޗްއެސްސީ ބަސްހުއްޓި
- ވިނަރެސް ބަސްހުއްޓި
- ކޯޓް ކޮމްޕްލެކްސް ބަސްހުއްޓު
އާރުޓީއެލް ބަހުގެ ޚިދުމަތުގެ ރޫޓުތަކާއި ޝެޑިއުލްތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އާރުޓީއެލްގެ ވެބްސައިޓް http://www.rtl.mv ނުވަތަ އާރުޓީއެލް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ހޮޓްލައިން ނަންބަރަ 1650 އަށް ގުލައިގެންވެސް އިތުރު މައުލޫމާތު ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު