Advertisement

އިންޑިއާގައި ކުދިން މަރުވި ބޭހަށް ރާއްޖެއިން ހުއްދައެއް ނުދޭ: އެމްއެފްޑީއޭ

އިންޑިއާގެ ތިން ކުންފުންޏަކުން އުފެއްދި ވިހަ މާއްދާ ހުރި ކެއްސުމަށް ބޭނުންކުރާ ތިން ބޭސް ރާއްޖެ އެތެރެކޮށްފައިނުވާ ކަމަށާއި ނަމަވެސް އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީއޭ) އިން ވިދާޅުވެއްޖެއެވެ.

މި ވިހަ ކޯފް ސިރަޕް ބޮއެގެން އިންޑިއާއިން 20 އަަށްވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައެވެ.

Advertisement

އެމްއެފްޑީއޭ ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ ތިން ކުންފުނިން އުފައްދާފައިވާ ކެއްސުމަށް ބޭނުން ކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ކަމަށްވާ ޑައިތީލް ގްލައިކޯލް (ޑީއީޖީ) ހުރެގެން އެބޭސްތައް ބޭނުން ކުރުމާއި، ވިއްކުން މަނާކޮށްފައިވާ ކަމަށް ސައުތް އީސްޓް އޭޝިޔާ ރީޖަން ނެޓްވޯކް (އެސްއީއޭއާރްއެން) އިން އެއޮތޯރިޓީއަށް އެލާޓްކޮށްފައިވާ ކަމަށެވެ.

އެ އެލާޓްގައި ފާހަގަ ކޮށްފައިވާ ތިން ކުންފުންޏަކީ، އެމްއެފްޑީއޭއިން ބޭސް އިމްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫން ކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ ކުންފުނި ތަކުން އުފައްދާ އެއްވެސް ބޭހެއް، އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވަނީ ޔަގީންކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، އެކަމަށް ސަމާލުވުށް އެދޭ ކަމަށެވެ.

ވިހަ މާއްދާ އެކުލެވޭ ބޭސްތަކަކާއި އުފައްދާ ކުންފުނިތަކަކީ:

  • ސިރަޕް ކޯލްޑްރިފް – ސްރީސަން ޕާމަސޫޓިކަލް
  • ރެސްޕިފްރެޝް – ރެޑްނެކް ޕާމަސޫޓިކަލް ޕްރައިވެޓް ލިމިޓެޑް
  • ސިރަޕް ރީލައިފް – ޝޭޕް ޕާމާ ޕްރައިވެޓް ލިމިޓެޑް

ރާއްޖެއަށް އެތެރެ ކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ހާއްސަކޮށް ތުއްތު ކުދިންނަށްދޭ ބޭހުގައި މިހާރު ފާހަގަ ކުރެވެމުންދާ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަބަދުވެސް ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

އެގޮތުން މިހާރު ގާއިމު ކޮށް ތަންފީޒު ކުރަމުންގެންދާ އެންމެ މުހިއްމު ފިޔަވަޅަކީ، ކެއްސުމާއި ރޯގާއަށް ބޭނުން ކުރާ، ކުޑަކުދިންނަށްދޭ ދިޔާ ބޭސް އެތެރެ ކުރާއިރު، ޑީއީޖީ އަދި އީޖީ ނުހިމެނޭކަން ކަށަވަރުކޮށްދޭ، ލެބޯރެޓަރީ ތަހުލީލު ރިޕޯޓް ލިބި އެކެމިކަލް ބޭހުގައި ނެތްކަން ކަށަވަރު ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް