އައްޑޫ ސިޓީގެ ކައުންސިލް ތިން ރަށަކަށް ވަކިކޮށް، އެ ތިން ރަށަށް ވަކި ރަށު ކައުންސިލްތަކެއް އުފެއްދުމުގެ މަސައްކަތާ ދެކޮޅަށް “ވަން އައްޑޫ” ގެ ނަމުގައި ކެމްޕެއިނެއް ފަށައިފ އެވެ.
މި މަހު 5 ވަނަ ދުވަހު ބޭޭއްވި ކެބިނެޓު ޖަލްސާގައި ނިންމާފައިވަނީ އައްޑޫ ފޭދޫ އާއި ހުޅުދޫ އަދި މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އާންމު ވޯޓެއް ނެގުމަށެވެ.
އަދި ހުޅުދޫ އާއި މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވެސް އެ ވޯޓުގައި ހިމެނުމަށް ކެބިނެޓުން ނިންމިއެވެ.
ކެބިނެޓްގެ ނިންމުމާއެކު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މި މަހު 25 ވަނަ ދުވަހު އެ ވޯޓު ނެގުމަށް ނިންމައި އިއުލާންކޮށްފަ އެވެ.
އެ ކަމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުގެ ރޭވުމަކީ އައްޑޫ ބައިބައިކޮށް ލުމެވެ.
United we stand
Divided we Fall#WeAreOne#OneAddu pic.twitter.com/iav5w5p3dM— Habitte (@habyhabitte) September 19, 2025
މިހާރު ސޯޝަލް މީޑިއާގައި ފަށައިގެން އުޅޭ ކެމްޕެއިންގެ ވެސް މައިގަނޑު މަގުސަދަކީ އައްޑޫ ސިޓީ ވަކިވަކި ރަށްތަކަކަށް ބައިކުރުމުގެ ވިސްނުމާ ދެކޮޅަށް ރައްޔިތުންގެ އަޑު އުފުލުމެވެ. އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ބޭނުންވަނީ މިހާރު އޮތް ގޮތަށް އެއް ސިޓީއެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ކެމްޕެއިން ފާހަގަކުރެއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މި މައްސަލައިގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށެވެ. “ސަރުކާރުން އިޚްތިޔާރު ކުރާ ވަކި ނަތީޖާއެއް ނެތް. ރައްޔިތުންގެ މެޖޯރިޓީން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒު ކުރާނެ،” ރައީސް ވިދާޅުވިއެވެ.
#OneAddu pic.twitter.com/UJFxokKAhQ
— Nobody (@KyanKaau) October 10, 2025
އައްޑުއަކީ މާލެ އަތޮޅު ނެގުމަށް ފަހު، ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅެވެ. ލާމަރުކަޒީ ނިޒާމްގެ ތެރެއިން އައްޑޫ ހިންގަމުން އަންނަނީ ހުރިހާ ރަށެއް އެއް ސިޓީ ކައުންސިލްގެ ދަށުންނެވެ.
މި ސިޓީ ވަކިވަކި ރަށްތަކަކަށް ބެހުމުން ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްތަކެއް އެޅި، މުޅި އަތޮޅު ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ހުއްޓުމަކަށް ގޮސްދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު