Advertisement
ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދާ މީހުންގެ ގުރުނަގަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ސަރުކާރުގެ ޚަރަދުގައި އަންނަ އަހަރު ހައްޖަށް ގެންދާ 50 މީހުން ހޮވައިފި

އަންނަ އަހަރު ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދާނެ 50 މީހުންގެ އިސްލާމިކް މިނިސްޓްރީން މިއަދު ހޮވައިފިއެވެ.

އެ ކަމަށް ޚާއްސަކޮށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މީހުން ހޮވާފައިވަނީ، ޒަކާތު ހައުސްގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ފަހުން މުދަލު ޒަކާތް ލިބުނު 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންގެ މެދުގައި ނެގި ގުރުއަތެއްގައެވެ.

Advertisement

އެ ލިސްޓުގައި ހިމެނެނީ 267 މީހުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ގުރުއަތު ނެގުމުގައި މިނިސްޓްރީން ބޭނުންކޮށްފައިވަނީ، އައިޑީ ކާޑު ނަންބަރު ކަމަށްވާއިރު، އެކަން ކޮށްފައިވަނީ އެންމެންނަށް ފެންނަ ގޮތަށް މިނިސްޓްރީގެ މުވައްޒަފުންނެވެ. މި ގުރުއަތުގައި ސަރުކާރުން ހައްޖަށް ގެންދާނެ 50 މީހުންގެ އިތުރަށް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުޞަތުދޭނެ 25 މީހުން ވަނީ ހޮވާފައެވެ.

އެ މީހުންގެ ލިސްޓު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރާނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ފަގީރުންގެ ދަފުތަރުގައި މިހާރު ހައްޖު ނުކުރެވި ތިބި 376 މީހުން ތިބި ކަމަށާއި ސަރުކާރުން މި ދައުރުގައި އެ އެންމެން ހައްޖަށް ފޮނުވައިދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މި މަހު ތިނެއްގައި ވަނީ ބުނެފައެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން މިދިޔަ އަހަރު ވެސް 50 މީހަކު ހައްޖަށް ފޮނުވައިފައިވެއެވެ.

ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް