ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުލުހުންގެ އިދާރާ ބޭނުންކޮށްގެން އިދިކޮޅު ސިޔާސީންނާއި ދެކޮޅަށް ކެމްޕޭނެއް ފަށާފައިވާތީ، އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވަނީ އޮކްޓޯބަރު 3، ގައި އެ ޕާޓީން މާލޭގައި ބޭއްވި މުޒާހަރާ އާއި ގުޅިގެން މުޒާހަރާގެ ކުރިން އަދި ފަހުން ފުލުހުން ކުރަމުންދާ ތަފާތު އެކި ބިރުދެއްކުމުގެ އަމަލުތަކެވެ.
Some employees at government institutions have been terminated following their participation in the October 3rd, protest, while 2 others have had their phones confiscated by police for posts made on social media. 6 protestors still remain in custody.
Every single case…
— MDP Secretariat (@MDPSecretariat) October 9, 2025
މިކަންކަން ކުރަނީ ފުލުހުންގެ ތެރެއަށް ސީދާ ގޮތެއްގައި ސިޔާސީ ނުފޫޒު ފޮރުވައިގެން ކަމަށާއި މިއީ އިދިކޮޅު ބިރުދެއްކުމަށް ރޭވިގެން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.
އެމްޑީޕީން ފާހަގަކޮށްފައިވާ ބިރުދެއްކުމަށް ފުލުހުން ކުރި ކަންކަން
- މުޒާހަރާގައި ބައިވެރިވި އެސްއޯއީ ތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން.
- މުޒާހަރާގައި ބައިވެރިވި އެމްޑީޕީގެ ދެ މެންބަރަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކަކާއި ގުޅިގެން އެ މީހުންގެ ފޯނު ފުލުހުން އަތުލުން.
- މުޒާހަރާއިން ހައްޔަރުކުރި ހަ މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި ބަންދުގައި ބޭތިއްބުން.
މިއީ ރޭވިގެން، އިދިކޮޅާއި ރައްޔިތުންނަށް ބިރުދެއްކުމަށް ހިންގަމުންދާ ކެމްޕޭނެއް ކަމަށް އެމްޑީޕީ އިން ބުނެފައިވެ އެވެ. އަދި، މިކަމުން ދޭހަވެގެން ދަނީ މުއިއްޒުގެ ސަރުކާރު ފެއިލް ވެފައިވާ ކަމާއި ރައްޔިތުން ތާއީދު ގެއްލެމުންދާކަން ފާހަގަކޮށްފައިވެ އެވެ.
“އިންޒާރުތަކާއި ބިރުދެއްކުން މީގެ ކުރިން ވެސް ރައްޔިތުން ނުސިހުނު، ދެން ވެސް ނުސިހޭނެ. ރައްޔިތުންގެ އަޑު ކަނޑައެއް ނުލެވޭނެ،” އެމްޑީޕީން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ މުޒާހަރާތަކުގައި ބައިވެރިވާ މީހުންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ހެދުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ފެނުނު ކަންކަން ކަމަށެވެ.
“މުޒާހަރާއަކުން ގެންދާ މީހުންނަކީ އެއީ ކުށެއް ސާބިތުވެފައިވާ ބައެއް ނޫން، އެއީ ކުށެއްގެ ތުހުމަތުގައި ގެންދާ ބައެއް، ދެން އެންމެ ހައިރާން ކުރަނިވި ކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު އެއީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުން ހުއްޓުމަކަށް ގެނައުން، އެއީ މި ސަރުކާރުގެ ރިޔާސީ ވައުދެއް،” މީކާއިލް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު