Advertisement

ކުނބުރުދޫގައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގާނަން: ރައީސް

އދ. ކުނބުރުދޫ އަންނަ އަހަރު މި ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ކުނބުރުދޫ ރައްޔިތުންނާ އެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިމެންވާއިރަށް ބިމުގެ ޖާގަ ހުރި މިންވަރަށް ބެލުމަށްފަހު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުނބުރުދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމަށެވެ.

Advertisement

މީގެ އިތުރުން ރައީސް ވަނީ ކުނބުރުދޫގެ ތަރައްގީއަށް މުހިންމު ތިން މަޝްރޫއެއް އެމްޓީސީސީއާ ހަވާލު ކުރި ކަން ފާހަގަ ކުރައްވައިފައެވެ. އެއީ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން ކުނބުރުދޫ ސްކޫލުގެ މަލްޓިޕޕަސް ހޯލު އިމާރާތް ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި މި ބައްދަލުވުމުގައި ވަނީ ސޮއިކޮށްފައެވެ.

ރައީސް ވިދާޅުވީ، މިއަދު ކުނބުރުދޫގައި އަލަށް ފެށުނު މަޝްރޫއުތަކާއި ސޮއިކުރެވުނު މަޝްރޫއުތަކަކީ އެރަށުގެ ކުރިއެރުމަށް ވަރަށް މުހިންމު މަޝްރޫއުތަކެއް ކަމަށެވެ. އަދި މި މަސައްކަތްތައް ސަރުކާރުން ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

“އިރާދަކުރެއްވިއްޔާ މި މަޝްރޫއުތައް މި ހިންގަނީ މިރަށަށް ފުރިހަމަ ކުރިއެރުން ގެނެސްދިނުމަށް. އަޅުގަނޑުމެންގެ ސިޔާސަތަކީ އާބާދީ ކުޑަވިޔަސް ތަފާތު ކުރުމެއްނެތި ކަންކަން ކޮށްދިނުން،” ރައީސް ވިދާޅުވިއެވެ.

އދ. އަތޮޅުގެ ނިސްބަތުން އެންމެ ބިން ކުޑަ ރަށަކީ ކުނބުރުދޫއެވެ. ގާތްގަނޑަކަށް ފަސް ހެކްޓަރުގެ މި ކުޑަ ރަށުގެ އާބާދީއަކީ 630 އެވެ. ރައީސް ވިދާޅުވީ، އަލަށް އިތުރުކުރެވޭ ބިމާއި ބަނދަރުގެ މަޝްރޫއާއެކު ބޯހިޔާވަހިކަމާއި އެހެނިހެން ދާއިރާތަކުންވެސް ރަށުގެ ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ކުނބުރުދޫގައި އަލަށް ހުޅުވުނު ފުޓުބޯޅަ ދަނޑާއި މަލްޓިޕާޕަސް ކޯޓުގެ ސަބަބުން ވެސް ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން، ކުނބުރުދޫގެ ބައެއްގެ ގޮތުގައި “ފޮފަޅަގައު” ފަޅު ރައީސް ހަމަޖައްސަވައިދެއްވާފައިވާތީ، އެތަން ވަނީ ކައުންސިލާ ހަވާލުކޮށްފައެވެ.

ކުނބުރުދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރަމުންދަނީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރުމާއި ފަރުމަހާއި ކަންނެލި މަސްވެރިކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް