Advertisement

ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރުދިން ކަމަށް ތުހުމަތުކޮށް ޒާޔާގެ ފޯނު ހިފަހައްޓައިފި

ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް ގައި ލިޔުނު ޕޯސްޓަކާާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން އަދި އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ޒާޔާ ބަލައި ފާސްކޮށް އޭނާގެ ފޯނު ފުލުހުން ހިފެހެއްޓީ މިއަދު އެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ޒާޔާގެ ފޯނު ހިފެހެއްޓީ އޭނާގެ ފޭސްބުކް އެކައުންޓުން “ފުލުހުންނަށް އިންޒާރުދީ” ކުރި ޕޯސްޓަކާއި ގުޅިގެން ކަމަށެވެ.

Advertisement

ކޯޓު އަމުރުގައި އެ ޕޯސްޓު ކުރި ތާރީހާއި ގަޑި ހިމަނާފައިވެ އެވެ. އެ ޕޯސްޓުގައި ލިޔެފައިވަނީ “17 ނޮވެންބަރަށް ތައްޔާރު ވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔަަރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ” މިފަދައިންނެވެ. އަދި ފުލުހުންގެ ފޭސްބުކް ޕޭޖު ޓެގުކޮށްފައިވެއެވެ.

މިއީ ނޮވެމްބަރު 17، ގައި އިދިކޮޅު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ އާއި ގުޅިގެން ލިޔުނު ޕޯސްޓެއް ކަމަށް ބެލެވެ އެވެ. މިދިޔަ ހުކުރު ދުވަހު އެ ޕާޓީން ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ބޭނުންކުރިއެވެ.

ކޯޓު އަމުރެއްގެ ދަށުން އިދިކޮޅު ޕާޓީގެ ދާއިރާ ރައީސެއްގެ ފޯނު ހިފަހައްޓާފައިވާއިރު ފުލުހުން ރޭ ވަނީ އިންޒާރުގެ ބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ބައިވެރިންނަށް އަނިޔާކުރި ފުލުހުންގެ ވާހަކަ ދައްކާތީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޒާޔާގެ ފޯނު ފުލުހުން ހިފަހައްޓާފައިވާއިރު، ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ބައިވެރިން މަރާލަން ގޮވާލާ ޕޯސްޓު ކުރި މީހާ އާއި މިހާތަނަށް ފުލުހުން ސުވާލު ކޮޮށްފައެއް ވެސް ނުވެ އެވެ.

މުޒާހަރާގެ ބައިވެރިން މަރަން ގޮވާލީ ފޭސްބުކުގައި ޝުއައިބު އަލީ ނަމަކަށް ކިޔާ އެކައުންޓެއް ހިންގާ މީހެކެވެ. އޭނާއަކީ ރައީސް މުހައްމަދު މުއިއްޒަށް ތާއީދު ކުރާ މީހެއްކަން އޭނާގެ ޕޯސްޓުތަކުން އެނގެއެވެ.

އެމްޑީޕީ އިން ކުރި ބޮޑު މުޒާހަރާގެ ބައިވެރިން މަރަން ގޮވާލި މައްސަލަ ބަލަންތޯ ސުވާލު ކުރުމުން ފުލުހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ މިހާތަނަށް ހައްޔަރެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް