Advertisement

ޕީއެންއެފް އިން އޮކްޓޯބަރު 3، ގެ ޖަލްސާގައި ބައިވެރިވި ކަމަށް ޔާމީން ވިދާޅުވެއްޖެ

އިދިކޮޅު އެމްޑީޕީ އިން އިންތިޒާމްކޮށްގެން އޮކްޓޯބަރު 3، ގައި ވެރި ރަށް މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ޕީއެންއެފް އިން ބައިވެރިވި ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ބޭއްވީ އެމްޑީޕީ އިން އިންތިޒާމު ކުރި މުޒާހަރާއެއް ނަމަވެސް އޭގައި ޕީއެންއެފް އިން ބައިވެރިވީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

Advertisement

“އަޅުގަނޑުމެން، އެމްޑީޕީ އިން ރޭވި ނަމަވެސް، އެ ހަރަކާތުގައި ބައިވެރިވީ އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ހަރަކާތަކަށް ވާތީ، އެ ކޯލް އެއީ ނެޝަނަލް ކޯލަކަށް ވާތީ އަޅުގަނޑުމެން އޭގައި ބައިވެރިވީ،” ޔާމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ އެމްޑީޕީ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ގައުމީ ހަރަކާތްތަކުގައި ޕީއެންއެފް އިން ބައިވެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަދިވެސް ގައުމީ ސްލޯގަނެއް ނަގާފައި އިންތިޒާމްކޮށްފި ކަމަށްވަންޏާ އަޅުގަނޑުމެން ބައިވެރިވާނަން،” ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީ އިން ބޭއްވި މުޒާހަރާގައި ގާތްގަނޑަކަށް 3000 އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވި ކަމަށް ލަފާ ކުރެވެއެވެ. އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ އަށް މީހުން ހައްޔަރުކޮށްފަ އެވެ.އޭގެ ތެރެއިން ހަ މީހަކު އަދިވެސް ހުރީ ބަންދުގައެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި ބާރުގަދަ އަޑެއް ބޭނުންކޮށްފަ އެވެ. ބާރުގަދަ އަޑު ބޭނުންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެ ހަތިޔާރު ބޭނުން ކުރިއިރު، ހަތިޔާރު ބޭނުން ކުރާ ގޮތުގެ އޮޕަރޭޝަން މެނުއަލްއެއް އޮތް ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް