Advertisement
ސްކޫލެއްގެ ޓީޗަރުންތަކެއް--

ރާއްޖޭގެ އެކި ސްކޫލްތަކުގައި ކުލަ ގަދަކޮށް މުދައްރިސުންގެ ދުވަސް ފާހަގަކޮށްފި

ރާއްޖޭގެ އެކި ސްކޫލްތަކުގައި ކުލަ ގަދަކޮށް މުދައްރިސުންގެ ދުވަސް ފާހަގަކޮށްފިއެވެ.

ބައިނަލްއަގްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ސްކޫލްތަކުގެ ދަންފަޅިތައް ފަށާފައިވަނީ ހާއްސަ އެސެމްބިލީއަކުންނެވެ. އެއަށްފަހުގައި ދަރިވަރުންގެ ހާއްސަ އައިޓަމްތަކެއް ގިނަ ސްކޫލްތަކުގައި ކުރިއަށް ގެންދިޔައެވެ.

Advertisement

މުދައްރިސުންގެ ދުވަސް ކަމަށްވާތީ ސްކޫލްތަކުގައި މިއަދު ކިޔެވުމެއް ނެތެވެ. ނަމަވެސް މުދައްރިސުންނަށް ހާއްސަކޮށްގެން ކްލާސް ޕާޓީތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ދަރިވަރުންވަނީ މުދައްރިސުންނަށް އޮތް ލޯބި ހާމަކޮށްދިނުމަށް ގިފްޓް ކާޑާއި ހަދިޔާ ދީފައެވެ.

ކޮންމެ އަހަރެއްގެވެސް މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ އޮކްޓޫބަރުމަހުގެ ފަސް ވަނަ ދުވަހެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މުދައްރިސުންނަކީ ގައުމު ބިނާ ކުރުމުގެ މޭސްތިރިން ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރީތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށްޓަކައި އެންމެ ބުރަކަށް މަސައްކަތްކުރަނީ ޓީޗަރުން ކަމަށް ވިދާލުވިއެވެ. އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ ކަަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި އަހަރުގެ ޝިއާރުގައި ފާހަގަކޮށްފައިވާ ފަދައިން މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް މުދައްރިސުކަމުގެ ފަންނު އިތުރަށް ކުރިއަރުވާ އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް