Advertisement
ރޭގެ މުޒާހަރާ ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ

އެމްޑީޕީގެ މުޒާހަރާ: ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

އެމްޑީޕީން ރޭ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި، އަނެއް ހަތް މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުލުހުން އެދުނު ގޮތަށް ދެންމެ 15 ދުވަސް ޖަހައިފިއެވެ.

ރޭގެ މުޒާހަރާއިން ހައްޔަރު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެއެވެ.

Advertisement

ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ މީހެކެވެ. އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.

ހައްޔަރުކުރި މީހުން

  1. މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު (ބަންދަށް 15 ދުވަސް)
  2. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ (ބަންދަށް 15 ދުވަސް)
  3. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު (ބަންދަށް 15 ދުވަސް)
  4. އަލީ ޖުމާން (ބަންދަށް 15 ދުވަސް)
  5. އަޒްމީ އަލީ (ބަންދަށް 15 ދުވަސް)
  6. ހަސަން ޝާކިރު (ބަންދަށް 15 ދުވަސް)
  7. އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު (24 ގަޑިއިރު ތެރޭގައި ދޫކޮށްލާނެ)
  8. މުހައްމަދު ޚަލަފު އިބްރާހިމް — ބަންދުން ދޫކޮށްލައިފި

މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކުރިއެވެ.

އާޓިފިޝަލް ބީޗުގައި ތިބުމަށް ފަހު އެއްވުމުގެ ބައިވެރިން ހިނގަން ރާވާފައި އޮތީ މަޖީދީ މަގުން އިރަށެވެ. އެކަން އެގޮތަށް ކުރާކަން އަންގާފައި ވާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ނަމަވެސް އެކަމަށް ފުލުހުން ހުރަސް އެޅި އެވެ. އެއަށް ފަހުން، ފުލުހުންގެ ސަފުތައް ފޫއަޅުވައިލުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރިއެވެ.

މުޒާހަރާގެ އެންމެ ކުރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި ލީޑަޝިޕްގެ ގިނަ ބަޔަކު އަދި އަތޮޅުތަކުން މާލެއަށް އައި ގިނަ އަދަދެއްގެ މީހުންނާއެކު، އެތައް ހާސް ބަޔަކު މުޒާހަރާގައި ބައިވެރިވިއެވެ.

މި ސަރުކާރުން ގާނޫނުއަސާސީ ބަދަލުކޮށް، މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލައި، ރައްޔިތުންގެ ފައިސާ އަށް ހަދާ ނުހަދާއެއް ނޭނގޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން އަންނައިރު، އެކަންކަމާ ދެކޮޅަށް އަޑު އުފުލަން ނުކުތް އެތައް ހާސް ބަޔަކު މުއިއްޒުގެ އިސްތިއުފާ އަށް ގޮވިއެވެ.

ރޭގެ މުޒާހަރާ އަކީ މުއިއްޒުގެ ވެރިކަމާ ދެކޮޅަށް މި ދެ އަހަރުގެ ތެރޭގައި ބޭއްވި އެންމެ ބޮޑު މުޒާހަރާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް