Advertisement

އެގްރޯނެޓުގެ ލާމު އޮފީހަށް ކުލި ނުދައްކާތާ އަހަރެއް

އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓު)ގެ އޮފީސް ގާއިމު ކުރަން ލ. ފޮނަދޫން ނެގި އިމާރާތަށް ކުލި ނުދައްކައިގެން އެއްބަސްވުން ބާތިލުކޮށް، އިމާރާތް ހުސްކުރަން އެންގުމުން ވެސް އެކަމަށް އަމަލުނުކޮށް އިމާރާތް “ހިސޯރުކޮށްފައިވާ ކަމަށް” ލ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ވިދާޅުވީ އެގްރޯނެޓުން ކުއްޔަށް ނެގީ އެ އަތޮޅު ކައުންސިލްގެ ގެސްޓު ހައުސް، “އަތޮޅުވެހި 1” ކަމަށެވެ. އެ ތަނަކީ ލ. އަތޮޅުގެ ރައްޔިތުންގެ ބަޖެޓަށް ފައިސާ ހޯދަން ހަދާފައިވާ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

“ނަމަވެސް އެތަނަށް އެގްރޯނެޓުން ކުލި ނުދައްކާތާ އަހަރެއް ވީ. މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ކުލި ނުދައްކާ. އެހެންވެ، އެގްރީމެންޓު ވެސް ބާތިލުކޮށް، އިމާރާތް ހުސްކުރަން ވެސް ވާނީ އަންގާފައި،” އިސްމާއީލް އަލީ ވިދާޅުވި އެވެ.

“ނަމަވެސް، ކުއްޔަށް ވެސް ނުދެއްކި، އިމާރާތެއް ހުސްނުކުރި.”

އިސްމާއީލް އަލީ ވިދާޅުވީ އިމާރާތުގެ ކުއްޔަށް 200،000 އަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެގްރޯނެޓް އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ދަނޑުވެރިކަމުގެ އިކޮނޮމިކް ޒޯނު ތަރައްގީ ކުރާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރަން، ސެޕްޓެމްބަރު 3، 2024 ގައި ފާސްކުރިއެވެ.

އެ ކުންފުނީގެ މަސައްކަތް އަލުން ފަށަން މި އަހަރުގެ މާޗު މަހު ކެބިނެޓުން ފާސްކުރި އެވެ. ނަމަވެސް އެ ކުންފުނީގެ މަސައްކަތްތަކެއް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް