ހިއްސާދާނުންގެ ފައިސާއަށް އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ އަހަރުތަކުގައި އެމްޓީސީސީގެ އޮޑިޓް ރިޕޯޓްތަކުން ކޮރަޕްޝަންގެ އަމަލު ފާހަގަކުރެވިފައިވާ ކަމަށާއި އިހުމާލުވި ފަރާތްތަތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާ ކަމަށް ފެންނާތ،ީ އެ މައްސަލަ ގަވައިދުން ތަހުގީގު ކުރުމަށް މިހާރު ވަނީ ކަމާއި ބެހޭ އިިދާރާތަކަށް ހުށަހަޅާފައި ކަމަށް އެ ބަޔާނުގައިވެއެވެ.
“މިކަން ތަހުގީގުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ގެންނަން ޖެހޭ މީހުން ގެނައުމަށް ޓަކައ،ި މި ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ވާހަކަ ވެސް ހިއްސާދާރުންގެ މައުލޫމާތަށް ޓަކައި ދަންނަވަން.” އެމްޓީސީސީން ވިދާޅުވިއެވެ.
އެ މައްސަލަ ތަހުގީގުކޮށް ހިއްސާދާރުންގެ ފައިސާ ހޯދައިދޭނެ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
އެމްޓީސީސީގެ އޮޮޑިޓް ރިޕޯޓުގައި ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާކަން ފާހަގަކުރެވި އެ މައްސަލަ ތަހުގީގުކުރަން ހުށަހަޅާފައިވާއިރު، ވެމްކޯއިން ވެސް ވަނި ދާދީ ފަހުން އެ ކުންފުނީގެ އިންޓާނަލް އޮޑިޓުގައި ގާނޫނާ ހިލާފަށް ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކުގެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅާފައެވެ.
އިދާރާތަކުގައި އިންޓާނަލް ކޮންޓްރޯލްތައް ވަރުގަދަ ކުރެވިއްޖެކަމުގައިވާނަމަ، ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީ ވެސް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު