Advertisement
އިސްލާމިމް ލައިބްރަރީ-- ފޮޓޯ: އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާ

ސަލްމާން މިސްކިތުގެ ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފި

ކިންގް ސަލްމާން މިސްކިތުގައި ގާއިމްކޮށްފައިވާ ލައިބްރަރީއިން މިއަދުން ފެށިގެން ހިދުމަތް ދެމުންދާ ވަގުތު އިތުރުކޮށްފައިވާނެ އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ އިސްލާމިކް ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތު މިއަދުން ފެށިގެން އިތުރުކޮށްފައިވާ ކަމަށެވެ.

Advertisement

އެގޮތުން މިއަދުން ފެށިގެން އެ މިސްކިތު އިމާރާތުގައި ގާއިމް ކުރެވިފައިވާ އިސްލާމިކް ލައިބްރަރީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ރޭގަނޑު 9:30 އަށް ހުޅުވާފައި ހުންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިސްލާމިމް ލައިބްރަރީ– ފޮޓޯ: އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާ

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ.

އެ ލައިބްރަރީން 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް އެބަހުއްޓެވެ.

ސައުދީ އަރަބިއްޔާގެ އަލް އިމާމު މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ވެސް ވަނީ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުހާނާތައް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް