ސްޓެލްކޯއިން، އެކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮ ސިއްޙަތަށް އިސްކަންދިނުމުގެ ގޮތުން، ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހެލްތު ސްކްރީނިންގ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަމާ ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމާއި، އެބޭފުޅުންގެ ސިއްޙީ ޙާލަތު ދެނެގަތުންކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ހަރަކާތުގެ ތެރެއިން، ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ސިއްޙީ ތަފާތު ސްކްރީނިންގތައް ހަދާފައެވެ. އަދި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި އިރުޝާދު ހޯދާފައެވެ. މުވައްޒަފުންގެ ފަރާތުން މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިފަދަ ހަރަކާތްތަކަކީ މުވައްޒަފުންގެ ސިއްޙަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް ވަރަށް މުހިންމު ކަމެކެވެ. މުވައްޒަފުންގެ ސިއްޙީ ޙާލަތު ރަނގަޅުވުމަކީ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، މުޅި ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު