އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެޝަނާއި ރަށު ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކަމަށެވެ.
އެ ވީޑިއޯ ދައުރު ކުރުމަކީ އެ އަމަލުގެ ސަބަބުން ވިކްޓިމައިޒް ވެފައިވާ ކުއްޖާ، ރީ ވިކްޓިމައިޒްވެ ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ ކަމަކަށްވުމާއެކު އެ ވީޑިއޯ އިތުރަށް ޝެއާކޮށް ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެނިގެން ދަނީ 2 މީހަކު ކުޑަކުއްޖެއްގެ ގައިގައި އަތުން ތަޅާ އަނިޔާ ކުރާ މަންޒަރެވެ.


ކިޔުންތެރިންގެ ހިޔާލު