Advertisement

މިދިޔަ މަހު 3458 ޕާސްޕޯޓް ހެއްދި

މިދިޔަ މަހު 3،721 އަށް ވުރެ ގިނަ ޕާސްޕޯޓް އެޕްލިކޭޝަންތައް ބަލައިގަނެ، 3،458 ޕާސްޕޯޓް ހެއްދި ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އޯގަސްޓް މަހު ޖުމްލަ 3,458 ޕާސްޕޯޓް ހެއްދި އިރު، އޭގެތެރެއިން 815 ޕާސްޕޯޓަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެއްދި ޕާސްޕޯޓްތަކެވެ.

Advertisement

މާލެ އޭރިއާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު މާލެއިން އެކަނި 1,938 ޕާސްޕޯޓް ހައްދާފައިވެއެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 2 އިން 313 ޕާސްޕޯޓާއި، ހުޅުމާލެ ފޭސް 1 އިން 346 ޕާސްޕޯޓް، އަދި ވިލިމާލެއިން 22 ޕާސްޕޯޓް ހައްދާފައިވެއެވެ.

މި މުއްދަތުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ޕާސްޕޯޓްގެ ހިދުމަތްތައް ފޯރުކޮށްދެވިފައިވެއެވެ. އެގޮތުން މެލޭޝިއާއިން 24 ޕާސްޕޯޓް ހައްދާފައިވެއެވެ. މީގެ އިތުރުން، އޯގަސްޓް މަހު 14 ޕާސްޕޯޓް ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އިމިގްރޭޝަންގެ އޮފީސްތަކުން ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދީފައިވެއެވެ. ހާއްސަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހިދުމަތް ފުޅާކުރުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފަސޭހަތައް ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ. އެގޮތުން:

  • ފުވައްމުލައް ސިޓީން 86 ޕާސްޕޯޓް
  • ހ.އ ދިއްދޫން 78 ޕާސްޕޯޓް
  • ހ.ދ ކުޅުދުއްފުށި ސިޓީން 151 ޕާސްޕޯޓް
  • ސ. މަރަދޫން 169 ޕާސްޕޯޓް
  • ދ. ކުޑަހުވަދޫން 28 ޕާސްޕޯޓް
  • ލ. ފޮނަދޫން 80 ޕާސްޕޯޓް
  • ރ. އުނގޫފާރުން 37 ޕާސްޕޯޓް
  • ހ.އ އިހަވަންދޫން 29 ޕާސްޕޯޓް
  • ށ. ފުނަދޫން 29 ޕާސްޕޯޓް
  • ގ.ދ ތިނަދޫ ސިޓީން 83 ޕާސްޕޯޓް
  • ނ. މަނަދޫން 34 ޕާސްޕޯޓް
  • އ.އ ރަސްދޫން 1 ޕާސްޕޯޓް
  • ބ. އޭދަފުށިން 10 ޕާސްޕޯޓް

ރަށް ރަށުން ޕާސްޕޯޓް ހެއްދެން ފެށުމުން ރަށްރަށުގެ ރައްޔިތުންނަށް ބޮޑު ހަރަދުކޮށްގެން މާލެ ނައިސް އެ ރައްޔިތުންގެ ޖީބަށް ލުއިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް