Advertisement

ވޭމަންޑޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއަށް

ތ. ވޭމަންޑޫ މަގު ހެދުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

Advertisement

ވޭމަންޑޫ މަގުހެދުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްއެވެ.

ރޭގެ ޖަލްސާގައި މި މަޝްރޫއުއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އެއްބަސްވުމަކީ މުހިންމު އެއްބަސްވުމެއް ކަމަށެވެ. އަދި މަގުތައް ވަރަށް ބޮޑަށް ހަލާކުވެ، ޖިސްމާނީ ގޮތުން ވެސް ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ރަށުގައި ފުރިހަކަމާއެކު މަގު ހެދުމުގެ މަޝްރޫއު އަވަސް ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ރަށުގައި ހުރި އެކިއެކި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ދަނީ މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް