Advertisement
ބަންގްލަދޭޝްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުން: ފޮޓޯ: ވީއެމްސީ

ބަންގްލަދޭޝްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށްފި

ބަންގްލަދޭޝްގެ ޑާކާގައި ކުރިޔަށް ގެންދިޔަ އޭޝިއަން ޓޫރިޒަމް ފެއާ 2025 (އޭޓީއެފް 2025)ގައި އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ބައިވެރިވެއްޖެއެވެ.

މި ފެއާ ކުރިއަށް ގެންގޮސްފައި ވަނީ ސެޕްޓެމްބަރު 18ން 20 އަށެވެ.

Advertisement

ވީއެމްސީން ވިދާޅުވީ، މި ފެއާގައި އޭޝިއާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތަކާއި ހިއްސާދާރުންގެ އަދި ސަރުކާރުތަކުގެ މުވައްސަސާތަކުންނާއި، އޭޖެންސީތަކުން ބައިވެރިވެފައިވާ ކަމަށެވެ. މި ފެއާ މެދުވެރިކޮށް ވިޔަފާރިތަކާއި ކުންފުނިތައް އަދި ސަރުކާރު މުވައްސަސާތަކުގެ މެދުގައި ގުޅުން ވަރުގަދަކުރުމާއި، އެކުގައި ކުރިއަށް ދެވޭނެ ގޮތްގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ފަހި ފުރުސަތުތަކެއް ލިބިގެން ދިޔަކަމަށްވެސް ވީއެމްސީން ވިދާޅުވެފައި ވެއެވެ.

އެ ކުންފުނިން ވިދާޅުވީ، އޭޓީއެފް 2025ގެ މައިގަނޑު ހަރަކާތުގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ކުންފުނިތަކާއި މުވައްސަސާތައް ގުޅުވައިދޭ ހާއްސަ އެގްޒިބިޝަނެއް ބޭއްވި ކަމަށެވެ. އަދި އިތުރު އިވެންޓްތަކުގެ ގޮތުގައި، ގްރީން އިނިޝިއޭޓިވް ޝޯކޭސް، ކޮމިއުނިޓީ-ބޭސްޑް ޓޫރިޒަމް މާޓްސް، އަދި ފަތުރުވެރިކަމާ ގުޅުންހުރި ކޮންވެންޝަންތަކާއި، ސެމިނާ، ވޯކްޝޮޕްތަކުގެ އިތުރުން އާދަކާދަތަކާއި އާއި ސަގާފަތް ދައްކުވައިދޭ މިއުޒިކީ ހުށަހެޅުންތައް ވެސް ކުރިއަށް ގެންދިޔަ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، އޭޓީއެފް 2025ގައި ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކުން ފަތުރުވެރިންނަށް ހުރި ތަފާތު ޕްރޮޑަކްޓްތައް ދައްކާލައި، އެފަރާތްތަކާ އިންޑަސްޓްރީގެ ޕާޓްނަރުންނާ ބައްދަލުކޮށް، ގުޅުން ރަނގަޅުކުރުމަށް ފަހި ފުރުސަތުތަކެއް ލިބިގެން ދިޔަ ކަމަށެވެ.

ވީއެމްސީން ވިދާޅުވީ، އޭޓީއެފް 2025ގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަން އޭޝިއާ ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި އިޝްތިހާރުކުރުމާއި، މި ސަރަހައްދުގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ކުންފުނިތައް އަދި ސަރުކާރުތަކުގެ މުވައްސަސާތަކާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބައިވެރިންނާއި ޕާޓްނަރުންނާ އެކު އޮތް ގުޅުން ވަރުގަދަކުރުން ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

އެސްއެމްއީ ވިޔަފާރިތަކަށް އާ ލޯން ސްކީމެއް ތައާރަފުކޮށްފި