Advertisement

މީޑިޔާ ރެގިއުލޭޓް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކޮއްފި

މިނިވަން މީޑިއާ އާއި މިނިވަން ހިޔާލުގައި ތަޅު އެޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު އެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު ފާސް ކޮއްފައިވަނީ 60 ވޯޓުގެ މެޖޯރިޓީއަކާއި އެެކުއެވެ.

Advertisement

މި ބިލު ފާސްކުރެވުނު އިރު، ނޫސްވެރިންނާއި އާންމު ރައްޔިތުން ވަނީ މަޖިލިސް ގޭ ކައިރީގައި ބިލާ ދެކޮޅަށް އިހްތިޖާޖު ކުރަމުންނެވެ. އަދި ބިލު ފާސްކުރެވުނީ އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލިސް ތަޅުމުގައި އިހްތިޖާޖު ކުރުމަށްފަހުގައެވެ. މީގެ އިތުރުން، އިދިކޮޅު ބައެއް މެންބަރުން ވަނީ ނަން އިއްވައި ޖަލްސާއިން ބޭރުކުރެވިފައެވެ.

މި ބިލު ތަސްދީގު ކުރެވުމުން، މީޑިއާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާ ތިން މެންބަރުން ހިމެނޭ، ޖުމްލަ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކާއެވެ.

ބިލުގެ ދަށުން އުފެއްދޭ ކޮމިޝަނަށް ސޯޝަލް މީޑިއާ ބެލެހެއްޓުމުގެ ބާރު ލިބިދެއެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭނެ މާއްދާތައް ވެސް ބިލުގައި ހިމެނިފައިވެއެވެ. ނަމަވެސް، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ ވަނީ އުނިކުރެވިފައެވެ. މީގެ އިތުރުން، ކޮމިޝަނަށް ބޭނުންވެއްޖެ ހިނދެއްގައި މީޑިއާއެއްގެ ރަޖިސްޓްރޭޝަން ބާޠިލުކުރެވޭނެ ގޮތަށް ވެސް މާއްދާތަކެއް ހިމެނިފައިވެއެވެ.

ޞައްޙަ މަޢުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބިގެންވަނީ މި ބިލުގެ ދަށުން އުފެއްދޭ ކޮމިޝަނަށެވެ. އަދި މީޑިއާގެ ސުލޫކީ މިންގަނޑުތައް އެކުލަވާލުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި، އާންމު މަޞްލަޙަތަށް ގެއްލުން ލިބޭފަދަ މަޢުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް