Advertisement

އެސްޑީއެފްސީގެ އޮޕަރޭޝަންސް ޑައިރެކްޓަރަކަށް ފާރިހަތު

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮޕަރޭޝަންސް ޑައިރެކްޓަރަކަށް ފާތިމަތު ފާރިހަތު ވަހީދު ހަމަޖައްސައިފި އެވެ.

ފާރިހަތަކީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކާޑު ނެޓްވާކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނާޝިޕްސްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ބޭންކިން އަދި ފައިނޭންޝަލް ސާވިސަސްގެ ދާއިރާގައި 19 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ފާރިހަތު ވަނީ ހެޑް އޮފް ކާޑު ޕޭމަންޓްސް އެންޑް ގަވާނަންސް އަދި ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް ފަދަ އިސް މަގާމުތައް ވެސް އަދާކުރައްވައިފަ އެވެ.

Advertisement

ފާރިހަތު ވަނީ މޮނާޝް ޔުނިވާސިޓީ މެލޭޝިއާ އިން މާސްޓާ އޮފް އިންޓަނޭޝަނަލް ބިޒްނަސް ހާސިލު ކުރައްވައިފަ އެވެ. އަދި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސްއިން ޗާޓަޑް ބޭންކާ ޕްރޮފެޝަނަލް ކޮލިފިކޭޝަން ވެސް ހާސިލު ކުރެއްވި އެވެ.

އޮޕަރޭޝަންސް ޑައިރެކްޓަރުގެ ހައިސިއްޔަތުން ފާރިހަތު، އެސްޑީއެފްސީގެ އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސްގެ އިތުރުން މާކެޓިން އާއި ބިޒްނަސް ޑިވެލޮޕްމަންޓް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްތައް ބަލަހައްޓާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މާލޭގައި ބާއްވަން ހަމަޖެހިފައި އޮތް “ބިޔޯން އަގެއިން” ޝޯ ނުބޭއްވޭނެކަން އަންގައިފި

ސަމާލުވޭ! ރާޅުގެ އުސްމިން 5 ފޫޓަށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހިމަބިހި ޖެހުނު މީހުންގެ އަދަދު 186އަށް

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް