Advertisement
މުޖްތާޒް (ވ)، އާއި ނާސިހް (ކ)---

ސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިހް އައްޔަންކުރުމަށް ރުހުން ހޯދަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް އެ ކޮމިޝަނަށް އަލަށް އައްޔަންކުރި މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސަކަށް އެ ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް މަޖިލީހަށް ހުށަހެޅުއްވި ސިޓީ ވަނީ މިއަދު ބޭއްވި ޖަލްސާގައި އިއްވާފައެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ ދިވެހި ސިވިލް ސާވިސް ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ސީއެސްސީއަށް ރައީސް އަދި ނައިބު ރައީސް އައްޔަންކުރުމަށްޓަކައި އެ މާއްދާގައިވާ ގޮތުގެ މަތިން އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ ތެރެއިން ފެންނަ ބޭފުޅުންގެ ނަން ފޮނުވާފައިވާ ކަމަށެވެ. އެ ނަންތަކަކީ:

Advertisement

  • ރައީސް ކަމަށް މުހައްމަދު މުޖްތާޒް
  • ނައިބު ރައީސް ކަމަށް މުހައްމަދު ނާސިހް

ރައީސް ސިޓީގައި ވިދާޅުވީ، މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަށް އެ ނަންތައް ފާސްކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މުހައްމަދު މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި މުޖްތާޒް ވަނީ ރައީސްގެ އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޮ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަގާމުތައް ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް