ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ މައްސަލައަކާ ގުޅިގެން މާލޭގައި ފުލުހުން އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ޝަރީއަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގާ ގުޅިގެން މާލޭގައި އޮޕަރޭޝަނެއް ހިންގަމުން ގެންދާ ކަމަށެވެ.
އެ އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އެ އޮޕަރޭޝަން ހިންގަމުން ދަނީ ސްވޮޓް ޓީމުގެ ވެސް އެހީއާ އެކުގައެވެ. އެގޮތުން ތުހުމަތު ކުރެވޭ މީހުންނާއި އެމީހުން ގެންގުޅޭ ތަކެތި ދަނީ ބަލައި ފާސްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު