Advertisement

ފަހުމީ ވަކިކޮށް، ސްޓެލްކޯގެ އެމްޑީގެ މަގާމަށް ޝަމާހު!

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހު ރަޝީދު އައްޔަންކޮށްފިއެވެ.

ސްޓެލްކޯގައި 27 އަހަރު ހިދުމަތް ކުރެއްވި ފަހުމީ ސްޓެލްކޯގެ އެމްޑީކަމަށް އައްޔަނު ކުރީ 2023، ނޮވެމްބަރު ގައެވެ.

Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަހުމީ މިއަދުގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާކަމަށެވެ. އަދި ސްޓެލްކޯގެ އައު އެމްޑީއަކަށް އައްޔަނު ކުރީ ޝަމާހުކަމަށް ބުންޏެވެ.

ފަހުމީ މަގާމުން ވަކިކޮށްފައިވާ ސަބަބެއް، ޕީސީބީ ހާމައެއް ނުކުރެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކި ބަދަލުތައް ގެނައުމުގެ ވާހަކަތައް ދޭތެރެއަކުން ދެކެވޭއިރު، އޭގެ ތެރޭގައި ފަހުމީ އެހެން މަގާމަކަށް ބަދަލު ކުރުން ވެސް ހިމެނެ އެވެ. އެހެން ނަމަވެސް އެކަމާއި ބެހޭ ގޮތުން ސަރުކާރުންނާއި ފަހުމީގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވެއެވެ.

ފަހުމީ މަގާމުން ވަކިކުރުމުން ވަނީ “އެކްސް” ގައި ޕޯސްޓެއް ހިއްސާ ކޮއްފައެވެ.

ސްޓެލްކޯގެ އައު އެމްޑީ ޝަމާހު މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން އޭނާ ވަކިކޮށް، މިދިޔަ އަހަރުގެ ތެރޭގައި އައްޔަނު ކުރީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް