Advertisement

މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން މިއަދު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ފުލުހުންގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާ ބައްދަލުކޮށް، ސިޓީއަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

Advertisement

ޓީމްތަކަށް އިރުޝާދު ދެއްވީ އެ ޓީމްތަކުގެ އޮޕަރޭޝަންތައް ކޯޑިނޭޓްކޮށް، މާލެ ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްކާތެރި މުޖުތަމައުތަކެއް އުފައްދައި، މިހާރަށް ވުރެ ހަރުދަނާ ހިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް ކަމަށެވެ.

ނަވީން އެހެން ވިދާޅުވެފައިވާއިރު އޭނާ ވަނީ ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާން ޖެހޭނެކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައެވެ.

ފުލުހުންގެ ފަރާތުން އެހީތެރިކަމަށް ރައްޔިތަކު އެދޭނީ އެންމެ ކަންބޮޑުވާ ހިސާބަށް ކަންތައްތައް ގޮސްގެން، އަލިމަގެއް ނުފެނިގެން ކަމަށް ވިދާޅުވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެހީތެރިވުމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް